އިއްޔެ ގެޒެޓް ކުރެވުނު އުސޫލުގެ 7 ވަނަ މާއްދާގައި ވަނީ ސްކޮލާޝިޕްއަށް ކިޔަވަމުންދާ ދަރިވަރުން ޕްރޮގްރާމް ބަދަލުކުރުމަށް 3 ހާލަތެއް ކަނޑަ އަޅާފައެވެ. އެއީ:
ހ. ޕްރޮގްރާމް ބަދަކުރެވޭ ހާލަތްތަކުގެ ތެރޭގައި، ޕްރޮގްރާމް ބަދަލުކުރަން ހުށަހަޅާއިރު، ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިސްޓުގައި ބަޔާންކޮއްފައިވާ، މަތީ ތައުލީމުދޭ މުއައްސަސާއަށް އެއްވެސް ޕޭމަންޓެއް ހަދާފައިނެތުން.
ށ. ޕްރޮގުރާމު ބަދަލުކުރަން އެދޭއިރ،ު ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވ،ާ މަތ ތައުލީމު ދޭ މުއައްސަސާއަށް ޕޭމަންޓެއް ހަދައިފައިވަނިކޮށް ޕުރޮގްރާމު ބަދަލުކުރަން އެދޭ ނަމ،ަ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތަށް ވުން ނުވަތަ ވަކި ކަންކަމެއް ފުރިހަމަކުރުން ހިމެނެއެވެ. އޭގެތެރެިން ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ
އެންމެ ފަހު ހާލަތު (ނ) އަށް ބަލާލާއިރު ބަދަލުވާން އެދޭ ޕްރޮގްރާމަކީ، ފުރުތަމް ޑިގްރީއަކާއި ނުލައި، ސީދާ އެންޓްރީ ލިބޭ 4 އަހަރަށް ވުރެ ދިގު ނޫން މާސްޓާސް ޑިގްރީ ޕްރޮގްރާމެއް ކަމުގައިވާން ޖެހެއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ 2019 ވަނަ އަހަރު ގެޒެޓް ކޮށްފައިވާ އުސޫލުގައި ސްކޮަލާޝިޕަށް ހޮވޭ ދަރިވަރުން، އެދަރިވަރުން ކިޔަވާ ޕްރޮގްރާމް ބަދަލުކުރެވޭނެ ގޮތެއް ކަމަށް ކަނޑައަޅާފައި އޮންނަނީ ޕޭމަންޓް ދެއްކުމުގެ ކުރިންނެވެ. އަދި ޕްރޮގްރާމަށް ޕޭމަންޓް ދެއްކުމަށްފަހު ބަދަލުކުރެވޭނެ އުސުލެއް ނުވެއެވެ. އެހެންނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި މަތީތައުލީމް ހާސިލްކުރަމުން ދިޔަ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއްވަނީ އެދަރިވަރުންނަށް ދިމާވާ އެކި އެކި ހާލަތުގައި ކިޔަވަމުން އަންނަ ޕްރޮގްރާމް ބަދަލު ކުރުމަށް އެދިފައި ކަަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.