ޝަމީލާ ބުނީ ސައިފް އަލީ ހާނާއި ކަރީނާ ކަޕޫ ދެ ދަރިން ކަމަށްވާ ތައިމޫރު އަލީ ކާނާއި ޖެހް އަލީ ކާންގެ އުޅުމުގައި ވަރަށް ބޮޑެތި ތަފާތުތަކެއް ހުރި ކަމަށެވެ. 2016 ވަނަ އަހަރު އުފަން ތައިމޫރަކީ މަޑުމައިތިރި އަދި ހިމޭން ކުއްޖެއް ކަމަށާއި 2021 ވަނަ އަހަރު އުފަން ޖެހްއަކީ ހަލަބޮލިކަމަށް ލޯބިކުރާ ކުއްޖެއް ކަމަށް އޭނާ ބުންޏެވެ.
ޝަރްމިލާ ޓާގޯރް ---
ސައިފް އާއި ކަރީނާ ކަޕޫ ވެސް ވަނީ އެ ދެ ކުދިންގެ ވާހަކަ ދައްކަވާފައެވެ. ސައިފް ބުނީ އެ ދެ ކުދިންނަކީ އޭނާ ކުޑައިރު އުޅުނު އުޅުމަށްވުވެ މާ ރަނގަޅު ދެ ކުދިން ކަމަށެވެ. އަދި އެ ދެ ކުދިންނަކީ އޭނާ ކުޑައިރު އުޅުނު ވަރަށްވުރެ މާ އަދަބުވެރި ކުދިން ކަމަށް ވެސް ބުންޏެވެ.
ތައިމޫރަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު ކުޑަކުދިންގެ ތެރެއިން އެކަކެވެ. އޭނާގެ ކޮންމެ ހަރަކާތެއް ވެސް މީޑިއާގައި ފެތުރެމުންދެ އެވެ. އަދި އޭނާގެ ކޮއްކޮ ޖެހްއާ އެކު ނަގާ ފޮޓޯތައް ވެސް ވަރަށް ބޮޑަށް މަޝްހޫރުވެފައިވެ އެވެ.