މި ދިރާސާތަކުން ދައްކާ ގޮތުގައި ހިކި މޭބިސްކަދުރުގައި ހަށިގަނޑަށް ބޭނުންވާ ގިނަ މައުދަނުތަކެއް އެކުލެވެއެވެ. މީގެ ތެރޭގައި ޕޮޓޭސިއަމް، މެގްނީސިއަމް އަދި އަޔަން ހިމެނެއެވެ. މީގެ އިތުރުން ހިކި މޭބިސްކަދުރުގައި އެކުލެވޭ ފައިބަރުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުވެ، ކަށިތައް ވަރުގަދަވެއެވެ.
ހިކި މޭބިސްކަދުގައި އެކުލެވޭ ގުދުރަތީ ހަކުރުގެ ސަބަބުން ހަށިގަނޑަށް އަވަހަށް ހަކަތަ ލިބޭކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ލޭގައި ހުންނަ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެއެވެ. މީގެ އިތުރުން ހިކި މޭބިސްކަދުރު ގައި އެކުލެވޭ އެންޓި އޮކްސިޑެންޓްސްގެ ސަބަބުން ހިތުގެ ސިއްހަތު ރަނގަޅުވެއެވެ.
ހިކި މޭބިސްކަދުރުގައި ކެލޯރީ އަދި މޭދާ މަދުވުމުގެ ސަބަބުން ބަރުދަން ބެލެހެއްޓުމަށް އެހީތެރިވާ ކާނާއެއްގެ ގޮތުގައި ވެސް ބެލެވެއެވެ. އަދި ހިކި މޭބިސްކަދުރުގައި އެކުލެވޭ ފައިބަރުގެ ސަބަބުން ގިނަ އިރު ބަނޑުފުރާލައިގެން ހުރެވޭކަމަށް ދިރާސާތަކުން ދައްކައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;