ads
ހުޅުދުއްފާރު---
ވައްކަން ކުރި މީހަކަށް އަނިޔާ ކުރި ފަސް މީހުން ހައްޔަރުކޮށްފި
ވައްކަން ކުރި މީހަކަށް އަނިޔާ ކުރި ފަސް މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރ. ހުޅުދުއްފާރު ފިހާރައަކުން 18 އަހަރުގެ ދިވެހި ފިރިހެނަކު ވައްކަން ކުރި ކަމަށް ބުނެ އެރަށުގެ ފަސް މީހުން ހިމެނޭ ގުރޫޕަކުން އެމީހާ އެރަށު އުތުރު ފަރާތު މީހުން ނޫޅޭ ސަރަހައްދަށް ގެންގޮސް އަނިޔާކޮށް ބޮލުން ބައެއް ބާލާ، އޭނާގެ ފޯނު މޫދަށް އެއްލާލާ، ބަރަހަނާކޮށް، އޭނާ ލައިގެން ހުރި ބޮކްސާގައި ރަށު ތެރޭގައި ހިނގުވާފައި އާއިލާ ކައިރިއަށް ގެންދިޔަ މައްސަލަ މިދިޔަ އަންގާރަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ އާ ގުޅިގެން 24 އަހަރުގެ ދެމީހުންނާއި 30 އަހަރާއި 25 އަހަރާއި 32 އަހަރުގެ ފަސް ފިރިހެނުން ބުދަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އާ ގުޅިގެން ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބުދަ ދުވަހު ކޯޓަށް ގެންދިއުމުން 24 އަހަރުގެ އެކަކަށް އަދި 25 އަހަރުގެ މީހާއަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.

އޭގެ އިތުރުން 30 އަހަރުގެ މީހާ އަދި 32 އަހަރުގެ މީހާ އަށް ފަސް ދުވަސް ކޯޓުން ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެރަށުން ސީއެންއެމްއާ ވާހަކަ ދެއްކި ބައެއް މީހުން ބުނާ ގޮތުގައި އުމުރުން 18 އަހަރުގެ އެ ފިރިހެން ކުއްޖާ ވައްކަން ކުރުމުގެ މައްސަލަ ބޮޑެވެ. 

އޭގެ އިތުރުން ބޮކްސާގައި ރަށު ތެރޭގައި ހިނގުވާފައި އާއިލާ ކައިރިއަށް ގެންދިޔަ ވާހަކަ އަކީ ދޮގު ވާހަކައެއް ކަމަށާއި އެމީހާ ބޮކްސާ ލައިގެން ގެއަށް ދިޔައީ އަމިއްލަ އަށް ކަމަށް ރަށުން ވާހަކަ ދެއްކި މީހާ ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް