ޓޮޓްންހަމް އަތުން ޔުނައިޓެޑު ރޭ ބަލިވީ ހަތަރު ލަނޑު ތިން ލަނޑުންނެވެ. ރޭ ކުޅުނު މެޗުގައި ޓޮޓްންހަމްގެ ފުރަތަމަ ދެ ލަނޑު ޖެހީ ޑޮމިނިކް ސޮލާންކޭ އަދި ޑޭޖާން ކުލުސެވްސްކީއެވެ. ތިންވަނަ ލަނޑު ޖެހީ ސޮލާންކޭއެވެ. އަދި ހަތަރުވަނަ ލަނޑު ޖެހީ ކޯނަރަކުން ސޮން ހެއުން މިންއެވެ.
ޔުނައިޓެޑްގެ ލަނޑުތައް ޖެހީ، ބަދަލެއްގެ ގޮތުގައި ކުޅެން އެރި ދެ ކުޅުންތެރިން ކަމަށްވާ، ޔޯސުއާ ޒާކްޒީ އާއި އަމަދު ޑިއާލޯ އެވެ. އަދި ޖޮނީ އެވާންސްއެވެ.
ޓޮޓެންހަމް ހޮޓްސްޕާސް ސެމީ ފައިނަލުގައި ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލާ ދެކޮޅަށެވެ. އަނެއް ސެމީ ފައިނަލުގައި ކުޅޭނީ އާސެނަލްއާ ނިއުކާސަލް ޔުނައިޓެޑާ އެވެ.