ads
ޗައިނާއިން ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 259723 ފަތުރުވެރިން
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން ޗައިނާއިން ރާއްޖެއަށް ވަނީ 259,723 ފަތުރުވެރިން ޒިޔާރަތްކޮށްފި ކަމަށް ދައްކައިފި އެެވެ.
Advertisement

މިއީ މިދިޔަ އަހަރުގެ ޖުމްލަ އަދަދާ އަޅާ ބަލާއިރު %38.8 އިތުރުއަދަދެކެވެ. މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށް އައިސްފައިވަނީ 187،118 ފަތުރުވެރިންނެވެ.

ރާއްޖެ އަށް މި މަހުގެ ފުރަތަމަ 17 ދުވަހު ވަނީ 103،560 ފަތުރުވެރިން އައިސްފަ އެވެ. މިއާއެކު އަހަަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 1941195 އަށް އަރާފަ އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.

މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ދެ މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު ހާސިލުވުމަށް މިހާރު ބޭނުންވާ 58،805 ފަތުރުވެރިންނެވެ. ނަމަވެސް ފާއިތުވި 17 ދުވަހު އެވެރެޖުކޮށް ދުވާލަކު ފަތުރުވެރިން އައި އަދަދަށް މި މަހުގެ ބާކީ އޮތް 13 ދުވަހު ފަތުރުވެރިން އަންނަ ނަމަ އެ މުއްދަތުގައި 70،000 އަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ އެވެ. 

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،091 ފަތުރުވެރިން އާ ދެއެވެ. އެހެންކަމުން އެވެރެޖުކޮށް ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދަށް ބަލާއިރު މި އަހަރު ނިމޭއިރު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމުގައި ބެލެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް