
ކްލަބް މެޑްގެ އީސްޓް، ސައުތު އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ސީއީއޯ ރޭޗަލް ހާޑިން ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާގެ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާ އަދަދު އިތުރުވަމުން އަންނަނީ ކްލަބް މެޑްގެ އޯލް އިންކްލޫސިވް ޕެކޭޖްތަކުގެ ސަބަބުންނެވެ.
ކްލަބް މެޑްގެ ފިނޮޅު ވިލާސްއަކީ މޮޑަން އަދި އެކްސްކްލޫސިވް ރިސޯޓެއްގެ ގޮތުގައި ހިންގާ ތަނެއް ކަމަށާއި، މި ރިސޯޓަކީ ކަޕަލްސް އަދި 12 އަހަރުން މަތީގެ ކުދިންނަށް ހާއްސަ ތަނެކެވެ. މި ރިސޯޓުގައި ޕްރައިވެޓް ބަޓްލަރުންގެ ހިދުމަތާއި، ހަވީރު 6 ޖެހުމުން ފެށިގެން ހިލޭ ޝެމްޕެއިން ފަދަ ބުއިންތައް ފޯރުކޮށްދިނުމުގެ ހިދުމަތް ލިބެއެވެ.
ހާޑިން ވިދާޅުވި ގޮތުގައި އޯލް އިންކްލޫސިވް ޕެކޭޖްތަކަށް އޮންނަ ޑިމާންޑް އަހަރުން އަހަރަށް އިތުރުވަމުން އަންނަނީ އޭގެ އަގުގެ ސަބަބުންނެވެ. އަދި ބުކިން ހެދުމުގައި ވަރަށް ފަސޭހަ ކަމަށާއި، ގިނަ ޕްލެޓްފޯމްތަކަށް ވަދެ ރެސްޓޯރަންޓްތަކާއި އެކްޓިވިޓީތަކާއި އެކޮމޮޑޭޝަން ބުކް ކުރަން ނުޖެހޭ ކަމަށް ވިދާޅުވިއެވެ.
ކްލަބް މެޑް ފިނޮޅުގައި 52 އޯވަވޯޓާާ ވިލާ ހުރި ކަމަށާއި، މި ރިސޯޓުގައި ހުރިހާ އުމުރެއްގެ އާއިލާތަކަށް އަމާޒުކޮށްގެން ހިދުމަތްތައް ދެމުންދާ ކަމަށް ހާޑިން ވިދާޅުވިއެވެ. އަދި ފިނޮޅުގައި ތިބޭ މެހުމާނުންނަށް ކަނީގެ ހިދުމަތްތައް ވެސް ބޭނުންކުރެވޭނެ ކަމަށް ވިދާޅުވިއެވެ.