ads
ސޮނޭވާ ސީކްރެޓް
ރާއްޖޭގެ ސޮނެވާ ސީކްރެޓް ދުނިޔޭގެ އެންމެ މޮޅު ތިން ހޮޓަލުގެ ލިސްޓަށް
ލަގްޒަރީ ޓްރެވަލް އިންޓެލިޖެންސް (އެލްޓީއައި) އިން 2024 ވަނަ އަހަރުގެ އެންމެ މޮޅު ލަގްޒަރީ ހޮޓާތަކުގެ ލިސްޓް އާންމުކޮށްފިއެވެ. މި ލިސްޓްގައި ރާއްޖޭގެ ސޮނެވާ ސީކްރެޓް ވަނީ ތިން ވަނަ ހޯދާފައެވެ.
Advertisement

މަކުނުދޫ އަތޮޅުގައި ހުޅުވި ފުރަތަމަ ރިސޯޓް ކަމަށްވާ ސޮނެވާ ސީކްރެޓްގައި ހުންނަނީ އެންމެ 14 ވިލާއެވެ. މީގެ ތެރޭގައި އޯވަވޯޓަ އަދި އައިލެންޑް ވިލާތައް ހިމެނެއެވެ. ކޮންމެ ވިލާއަކަށް ވަކި ޓީމެއް ހަމަޖައްސާފައިވާ މި ރިސޯޓަކީ ރާއްޖޭގައި ހުރި އެންމެ އަގުބޮޑު ރިސޯޓްތަކުގެ ތެރެއިން އެއް ރިސޯޓެކެވެ.

އެލްޓީއައި އިން ބުނީ ސޮނެވާ ސީކްރެޓްގެ ކުރިން ލިސްޓްގެ ދެ ވަނައިގައި ހިމެނެނީ ލަންޑަންގެ މަންޑަރިން އޯރިއެންޓަލް މޭފެއެވެ. އަދި ސެޝެލްސްގެ ޝެވަލް ބްލާންކް އަށް ވަނީ އެއް ވަނަ ލިބިފައެވެ. މި ލިސްޓްގައި ހިމެނޭ ހުރިހާ ހޮޓަލަކީވެސް މިދިޔަ އަހަރު ނުވަތަ މި އަހަރު ހުޅުވި ހޮޓާތަކެވެ.

ލިސްޓްގައި ހިމެނޭ 15 ހޮޓަލުގެ ތެރޭގައި ލަންޑަނާއި ސައުދީ އަރަބިއާގެ ދެ ހޮޓަލާއި، ފްރާންސްގެ ދެ ހޮޓާ ހިމެނެއެވެ. އަދި ބަހާމާސް، ޓަކީ، މޮރޮކޯ، އިންޑިއާ، މެލޯކާ އަދި ނިއުޔޯކްގެ ހޮޓާތައްވެސް ވަނީ މި ލިސްޓްގައި ހިމަނާފައެވެ.

މުހިންމު ނުކުތާތައް:

  • ސޮނެވާ ސީކްރެޓް ވަނީ ދުނިޔޭގެ އެންމެ މޮޅު ތިން ހޮޓަލުގެ ތެރެއަށް ހޮވިފަ
  • މި ރިސޯޓަކީ މަކުނުދޫ އަތޮޅުގައި ހުޅުވި ފުރަތަމަ ރިސޯޓް
  • ރިސޯޓްގައި ހުންނަނީ އެންމެ 14 ވިލާ
  • ލިސްޓްގައި އެންމެ މަތީގައި ވަނީ ސެޝެލްސްގެ ޝެވަލް ބްލާންކް
  • ލިސްޓްގައި ހިމެނެނީ 2023 އަދި 2024 ގައި ހުޅުވުނު ހޮޓާތައް
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް