ads
މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ދެކޮޅަށް ނޫސްވެރިން މުޒާހަރާކުރަނީ ފޮޓޯ: މިލްޒީރޯ ނިޝާން
ގާނޫނު އުވާލާ، މިނިވަން ނޫސްވެރިކަން ހިމާޔަތް ކުރުމަށް ގޮވާލަން: ސީޕީޖޭ
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު" އުވާލާ، މިނިވަން ނޫސްވެރިކަން ހިމާޔަތް ކޮށްދިނުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ގޮވާލައިފި އެވެ.
Advertisement

ދައުރުން ބޭރުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރި ބިިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރެއްވީބިލު ތަސްދީގު ނުކުރެއްވުމަށް މީޑިއާތަކުންނާއި ނޫސްވެރިން އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ވެސް ގޮވާލަމުން ދަނިކޮށް، އެ ގޮވާލުންތަކަށް ބީރު ކަންފަތެއް ދެއްވުމަށްފަހު އެވެ. 

ބިިލް ތަސްދީގު ކުރުމާ ގުޅިގެން، ސީޕީޖޭގެ އޭޝިއާ ޕެސިފިކް ރީޖަނަލް ޑިރެކްޓަރު ބެހްލީ ޔީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ޑިމޮކްރަސީއައި ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ހަމަލާއެއް ކަމަށެވެ. އަދި ބިލް ތަސްދީގު ކުރައްވައި ރައީސް ވަނީ މީޑިއާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންނަވައި، ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކުރައްވާނެ ކަމަށް ވެވަޑައިގަތް ވައުދާ ހިލާފުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބިލު އުވާލައި، ރާއްޖޭގައި މިނިވަން ނޫސްވެރިކަން ހިމާޔަތް ކުރުމަށް އަޅުގަނޑުމެން ގޮވާލަން،" ސީޕީޖޭގެ ޕޯސްޓުގައި ވެއެވެ.

ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަދިވެސް ބާރު އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.

ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގަ އެވެ. އޭގެ ތެރޭގައި، އާންމު މަސްލަހަތު ގެއްލޭ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ގާނޫނުގައިވާ ގޮތުގެ މަތީން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން” އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ހަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލާ 5 (ފަހެއް) މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.

ރައީސް މުއިއްޒު މިއަދު ތަސްދީގުކުރި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން" ގާނޫނަކީ ގައިރު ދުސްތޫރީ ގާނޫނެއް ކަމަށާއި އެ ގާނުނަށް ތަބާނުވާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން މިއަދު ވަނީ ބުނެފި އެވެ. އަދި މި ގާނޫނާއި ދެކޮޅަށް އަޑު އުފުލުމަށް މާދަމާ ރޭ މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ވެސް އަންނަނީ ތައްޔާރު ވަމުން ނެވެ. މި އެއްވުމުގައި މަދަނީ ޖަމިއްޔާތަކުން ވެސް ބައިވެރިވާނެ ކަމަށް އެމްޖޭއޭއިން ބުނެ އެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިންވެސް ވަނީ މި ގާނުނު އަބުރާ ގެންދަން ގޮވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް