ކޮނެކްޓް މެނޭޖްމަންޓްގެ ސީއީއޯ އަދި ފައުންޑަރު ބެންޖީ ބުނީ މުވައްޒަފުންނަށް ރަނގަޅަށް މުއާމަލާތު ކުރުމުން އެމީހުން ވަޒީފާގައި ގަދައަޅައި މަސައްކަތް ކުރާނެ ކަމަށެވެ. އޭނާގެ ކުންފުނީގައި މުވައްޒަފުން ދެމިތިބޭ މިންވަރު 89 ޕަސަންޓަށް އަރާ ކަމަށް ވެސް ބުންޏެވެ.
"ސަންޓާ ލެސްލީ އިންސެންޓިވް" ގެ ދަށުން ކޮންމެ ދުވަހަކު އެންމެ މޮޅަށް މަސައްކަތް ކުރާ މުވައްޒަފަކަށް ހަދިޔާއެއް ލިބޭ ކަމަށް ބެންޖީ ބުންޏެވެ. މީގެ އިތުރުން ކޮންމެ މަހަކު ޓޮމްބޯލާއެއް ބާއްވައި، ކާމިޔާބުކުރާ މުވައްޒަފަކަށް ހޮލިޑޭ ޓްރިޕެއް ހަދިޔާކުރެ އެވެ.
ބެންޖީ ބުނީ މުވައްޒަފުންނަށް ހަދިޔާކުރާ ތަކެތީގެ ތެރޭގައި އައިފޯނާއި، ރޯލެކްސް ގަޑި އާއި، ރާއްޖެ އާއި ޑިސްނީލޭންޑް ޕެރިސް އަށް ކުރާ ދަތުރުތައް ހިމެނޭ ކަމަށެވެ. އަދި ދާދި ފަހުން ކުންފުނީގެ ހުރިހާ މުވައްޒަފުން ގަތަރަށް ވެސް އޭނާ ގެންދިޔަ އެވެ.