ads
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
އަކްރަމާއި ހައުސިން މިނިސްޓްރީގެ ކުރީގެ ބައެއް ވެރިންގެ ޕާސްޕޯޓު ހިފަހައްޓައިފި
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނު ހިމެނޭހެން އިތުރު ހަތަރު މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އަކްރަމާއި އާރިފް ހިމެނޭހެން ބިންވެރިޔާ ސްކީމުގެ ކަންކަމުގައި އިސްކޮށް އުޅުނު ހަތަރު މީހެއްގެ ޕާސްޕޯޓު ހިފަހަައްޓަން އަމުރަކަށް އެދުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ންނެވެ. މި ލިސްޓުގައި ދެން ތިބި ދެ މީހުންނަކީ:

  • އަހުމަދު ވިޝާން ނަސީމް - ޑިރެކްޓާ ޖެނެރަލް
  • ލިރުގާމް ވަހީދު - ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު

ޕާސްޕޯޓް ހިފެހެއްޓި ހައުސިންގެ ކުރީގެ އިސްވެރިންނަކީ އޭރު ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނެވެ.

ހަމަ މި މައްސަަލައިގައި މިއަދުވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ގޮތަށް 20 މީހުންގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ.

މި 20 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކެއް ވަގަށް ވިއްކި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެޗްޑީސީއަށް ވަދެފަ އެވެ. ފުލުހުން މި މައްސަލަ ބަލަމުން ދަނީ ފޯޖުކޮށްފައި ހުރި ލިޔެކިޔުންތަކެއް ބޭނުންކޮށްގެން ގޯތިތަކެއް ހޯދި ކަމަށް ތުހުމަތުކުރެވޭތީ އެވެ.

ގޯތިތަކެެއްގެ ރަޖިސްޓަރީތަކެއް ފޯޖުކުރި މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި މިހާތަނަށް ވަނީ 6 މީހަކާ ސުވާލުކޮށްފަ އެވެ. އެކަމަކު މީގެތެރޭގައި ފަޒުލްވެސް އަދި އެޗްޑީސީގެ އެއްވެސް މުވައްޒަފަކު ވެސް ނުހިމެނެ އެވެ. އެކަމަކު ފަޒީލްއާ ސުވާލުކޮށްފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮރަޕްޝަންގެ އަމަލެއް އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް ފަރާތަކުން ހިންގާނަމަ އެ ފަރާތަކާ ދެކޮޅަށް އިސްވެ ފިޔަވަޅު އަޅުއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ގޯތިތަކުގެ މައްސަލަ ފެންމަތިވުމާ ގުޅިގެންވެސް ރައީސް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނަށް އެކަމުގެ އިންޒާރު ދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް