ސުޒާން ކާން އިންސްޓަގްރާމްގައި އަސްލަން ގޯނީއަށް އުފަންދުވަހުގެ ހެޔޮ އެދުމުގެ ރީލެއް ޕޯސްޓްކުރި އިރު، އެ ޕޯސްޓްގެ ކޮމެންޓް ސެކްޝަންގައި ރިތިކް ވެސް އަސްލަންއަށް ހެޔޮ އެދުން ފޮނުވި އެވެ. ހުރިތިކް ލިޔެފައިވަނީ "ހެޕީ ބާތްޑޭ މައި ފްރެންޑް" މިހެންނެވެ.
ހުރިތިކް އާއި ސުޒާން ކާން ކައިވެނިކޮށްގެން އުޅުނީ 14 އަހަރު ދުވަހު އެވެ. އެއީ 2000 އިން 2014 އަށެވެ. އެ ދެމަފިރިންގެ ދެ ދަރިން ވެސް ތިބި އެވެ. އެއީ ރެހާން އާއި ރިދާން އެވެ. މިހާރު ހުރިތިކް ޑޭޓްކުރަމުން ދަނީ ސަބާ އަޒާދް އެވެ.
ހުރިތިކް އެންމެ ފަހުން ފެނުނީ "ފައިޓާ" ފިލްމުން ނެވެ. މިހާރު އޭނާ މަސައްކަތް ކުރަމުން ދަނީ "ވޯ 2" ފިލްމުގަ އެވެ. އެއީ 2019 ވަނަ އަހަރު ބޮޑު ކާމިޔާބެއް ހޯދި "ވޯ" ފިލްމުގެ ސީކުއަލް އެވެ.