ފޯމު ގެއްލިފައިވާ ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓިގެ ޑިފެންޑަރ ޑިއާޒްގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ މަދުވެގެން ތިން ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހިފައިވާ ކަމަށް ސިޓީގެ މެޑިކަލް ޓީމާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. ޑިއާސް އަށް އަނިޔާ ވެފައިވަނީ ލީގުގައި މިދިޔަ ހަފްތާގައި މެންޗެސްޓަރ ޔުނައިޓެޑް އަތުން ސިޓީ ބަލިވި މެޗުގައެވެ. މި މެޗުން ސިޓީ ބަލިވެފައިވަނީ މެޗުގެ ފަހު ދެ މިނިޓުގެ ތެރޭގައި ޔުނައިޓެޑް އިން ޖެހި ދެ ލަނޑުންނެވެ.
ލީގުގެ 5 ވަނައިގައި މިވަގުތު އޮތް ސިޓީ އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ލީގުގެ ހަތްވަނައިގައި މިވަގުތު އޮތް އެސްޓަން ވިލާ އާއި ދެކޮޅަށް ސިޓީ މިއަދު ނިކުންނާނެއެވެ.