ބުރުގާ އެޅުމަށްފަހު ފުރަތަމަ ފަހަރަށް ޓިކްޓޮކް ލައިވް އަށް އައި ސަމާ ބުނީ މިއީ ހެޔޮ ބަދަލެއްގެ ފެށުން ކަމަށެވެ. އަދި މާޒީއަށް ނުބަލާނެ ކަމަށާއި އެންމެންގެ ހެޔޮ ދުއާ އަބަދުވެސް ބޭނުންވާނެ ކަމަށް އޭނާ ބުންޏެވެ.
ސަމާ އަކީ "ހިތުން ހިތަށް" ނަމުގައި ޖަމިއްޔާއެއް ހިންގަމުންދާ ފަރާތެކެވެ. އެ ޖަމިއްޔާ މެދުވެރިކޮށް ބޭސްފަރުވާއަށާއި އެހެނިހެން ޒަރޫރީ ކަންކަމަށް އެހީ ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެވެ. މި އަހަރުގެ ތެރޭގައި އެކަނި 13 އާއިލާއަކަށް އެއް މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޯދައިދީފައިވާ ކަމަށް އޭނާގެ ޖަމިއްޔާއިން ބުނެ އެވެ.
ސަމާ ބުރުގާ އަޅާނެ ކަމުގެ މައުލޫމާތު އޭނާ ވަނީ ކުރިން ވެސް ޓިކްޓޮކް ލައިވްތަކުގައި ހިއްސާކޮށްފަ އެވެ. އަދި ޑިސެމްބަރު މަސް ނިމުމުގެ ކުރިން ބުރުގާ އަޅާނެ ކަމަށް ބުނެފައިވާ އޭނާ އިއްޔެ ވަނީ ބުރުގާ އަޅައިފަ އެވެ.