ads
އެޗްޑީސީ
ހުޅުމާލޭން ބިން ވިއްކި މައްސަލަ: އެޗްޑީސީން ތުހުމަތުތައް ދޮގުކޮށްފި
ހުޅުމާލޭން ބިންތަކެއް ނުހައްގުން ވިއްކާފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ ދޮގުކޮށްފި އެވެ.
Advertisement

އެޗްޑީސީން ބުނީ ހުޅުމާލެއިން ދިރިއުޅުމަށް ބިން ވިއްކާފައި ވަނީ އާންމުކޮށް އިއުލާން ކުރުމަށްފަހު، ބިޑިން ޕްރޮސެސްއަކަށް ހުޅުވާލައިގެން ކަމަށެވެ. އަދި ބިން ގަތުމުގެ ފުރަތަމަ މަރުހަލާގައި އީއޯއައި ހުށަހެޅުމަށްފަހު، އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް ބިން ލިބޭ ގޮތަށް ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ ބޭބެއަށް ބިމެއް ލިބިފައިވާ ކަމަށް ބުނާ ލިޔެކިޔުންތަކެއް އާންމުވުމާ ގުޅިގެންނެވެ. މި މައްސަލައިގައި ތަހުގީގަށް ފުރުސަތު ދިނުމަށް އެޗްޑީސީގެ އެމްޑީ ފަޒުލް މިއަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

މި މައްސަލަ މިހާރު ދަނީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންނެވެ. އެޗްޑީސީން އިތުރަށް ބުނީ އާންމުކޮށް އިއުލާން ކޮށްގެން ވިއްކާފައިވާ ބިންތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

  • ހުޅުމާލެއިން ބިން ވިއްކާފައިވަނީ އާންމު އިއުލާނަކާ އެކު ބިޑިން ޕްރޮސެސްއަކަށް ފަހު
  • އެޗްޑީސީގެ އެމްޑީގެ ބޭބެއަށް ބިމެއް ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ
  • މައްސަލައިގައި ތަހުގީގަށް ފުރުސަތު ދިނުމަށް އެޗްޑީސީގެ އެމްޑީ އިސްތިއުފާ ދެއްވާފިވޭ
  • މައްސަލަ ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަމުންދޭ
  • އެޗްޑީސީން ވަނީ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފަ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް