ads
އަލީ ރަމީޒު
އަލީ ރަމީޒު ސަލަފުން ވަކިވެއްޖެ
އަލީ ރަމީޒު ސަލަފުން ވަކިވެއްޖެއެވެ.
Advertisement

އަލީ ރަމީޒު ސަލަފުން އިސްތިއުފާ ދިން ކަން އިއުލާނު ކުރީ މިއަދު އެކްސްގައެވެ. 

ސަލަފުގެ އޮޕަރޭޝަން މެނޭޖަރުގެ މަގާމުގައި ވެސް ހުރި އަލީ ރަމީޒު ވަނީ ސަލަފުން ވަކިވެފައިވާ ކަމަށް އިއުލާނުކޮށް ސޯސަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ.

"ޖަމިއްޔަތުއް ސަލަފުން އަޅުގަނޑު އިސްތިއުފާ ދީފިން،" އަލީ ރަމީޒުގެ ޕޯސްޓްގައި ލިޔެފައިވެ އެވެ.

ޖަމިއްޔަތުން ސަލަފުން އަލީ ވަކިވެފައިވާއިރު، އޭނާ ވަނީ ދާދި ފަހުން އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރި މައްސަލައިގައި ފާޑު ކިޔައިފައެވެ. އިޒްރޭލު ޕާސްޕޯޓް މަނާ ނުކުރުމަކީ ސަރުކާރުގައި ޖެހޭ ލައްގަނޑެއްކަމަށް އަލީ ރަމީޒު ބުނެފައިވެއެވެ. 

އައްޔަ މިހެން ބުނެފައި މިވަނީ އިޒްރޭލް ރައްޔިތުން ރައްޖެއަށް އެތެރެވުން މަނާ ކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހެޅި ބިލު ލަސްވާތީ އެކަމާ ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ބަލައިނުގަނެ މިއަދު ބޭރުކޮށްލާފައި ވަނިކޮށެވެ. 

ސަލަފް ޖަމިއްޔާއަށް ނިސްބަތްވާ އަލީ ރަމީޒު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އިޒްރޭލު ޕާސްޕޯޓް މަނާ ނުކޮށްދާ ކޮންމެ ދުވަހަކީ މި ސަރުކާރުގައި ޖެހިގެންދާ ލައްގަނޑެއް ކަމަށެވެ. 

އިޒްރޭލް ރައްޔިތުން ރައްޖެއަށް އެތެރެވުން މަނާ ކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށައަޅާފައި ވަނީ އިދިކޮޅޫ އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ. އެއެ ބިލް މަޖިލިޖަށް ހުށައެޅި މިދިޔަ ޖޫންމަހުއެވެ. 

އޭގެ ފަހުން ބިލް މަޖިލީހުގެ ކޮމެޓީގެ މަރުހަލާއަށް ދިޔަ ފަހުން ކޮމެޓީގައި އޮތީ ތާށިވެފައެވެ. އެހެންވެ އެކަމާއި ކަންބޮޑުވުން ފާޅުކޮށް މިއަދުގެ މަޖިލިސް ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. 

މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައިސް އަބްދުއްރަހީމް ވިދާޅުވެފައިވަނީ ކުއްލި މައްސަލަ ލިބިފައިވާނެ ކަމަށެވެ. އެހެންނަމަވެސް މަޖިލިސް ގަވައިދުގައި ބުނާ "ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތުތައް އެ މައްސަލައިގައި ފުރިހަމަ ނުވާތީ، އެ މައްސަލަ ޖަލްސާއަށް ހުށަހެޅެން ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވެ އެ މައްސަލަ ބަލައިގެންފައެއް ނުވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް