ރަށުން ބޭރުގައި ސިޓީ، ވިލާ އަތުން ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ. އަނިޔާގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ސިޓީއަށް މި މެޗުގައި ލަނޑު ޖަހައިދިނީ އިތުރު ވަގުތުގައި ފިލް ފޮޑެންއެވެ.
ވިލާ އަތުން ބަލިވުމާއެކު އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން ސިޓީ ބަލިވީއެވެ.
ސިޓީ އޮތީ މި ވަގުތު ޓޭބަލްގެ ހަވަނައަށް ވެއްޓިފައެވެ. ވިލާ އޮތީ ފަސް ވަނައިގައެވެ.