
ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީން ބެލުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ މައްސަލަތައް ބެލުމަށް މުސްތަގިއްލު ކޮމިޝަނެއް އުފެއްދުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުގެ ބޭބެ އަށް ހުޅުމާލެއިން ބިމެއް ދިން މައްސަލައިގައި ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ އާންމުންނަށް އޮޅުވާލުމަށް ކުރާ ކަންކަން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"މިއީ ޑޭ ވަން އިން ފެށިގެން ފަޒުލް އެތަނުގައި ހިންގާ ގޭމެއް. ޓޫ ލިޓްލް ޓޫ ލޭޓް އުސޫލުން މިކަން މިކުރަނީ. ކޮންމެވެސް ގޮތަކުން ތިމަންނަގެ ސާފުކަން ދައްކަން މިކަން ބަލާ ކަމަށް ދައްކަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
މި މައްސަލައިގައި އެޗްޑީސީގެ ކުރީގެ ޗެއާމަން ޒުހޫރު ވަނީ ރައީސް މުއިއްޒަށް ސިޓީއެއް ފޮނުއްވައި، އެ ކުންފުނީގައި އިންތިހާއަށް ކޮރަޕްޝަން އޮތް ކަމަށް ފާހަގަކުރައްވާފައެވެ.
މުހިއްމު ނުކުތާތައް:
- އޭސީސީގައި އިހުލާސްތެރިކަން ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި
- އެޗްޑީސީގެ މައްސަލަތައް ބެލުމަށް މުސްތަގިއްލު ކޮމިޝަނެއް އުފެއްދުމަށް ގޮވާލެއްވި
- ސަރުކާރުން މިހާރު އަޅާ ފިޔަވަޅުތަކަކީ އާންމުންނަށް އޮޅުވާލުމަށް ކުރާ ކަންކަން ކަމަށް ވިދާޅުވި
- އެޗްޑީސީގައި އިންތިހާއަށް ކޮރަޕްޝަން އޮތް ކަމަށް ކުރީގެ ޗެއާމަން ޒުހޫރު ރައީސް މުއިއްޒަށް ސިޓީ ފޮނުއްވި