މި ދަތިތައް ޕަޕާރާޒީންނަށް ކުރިމަތިވެފައިވާތީ ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި އެކްޓަރު ރިތިކް ރޯޝަން މިވަނީ ހާލުގައި އުޅެމުން އަންނަ މީހުންނަށް އެހީތެރިވާން ނިންމައި އެމީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މާލީ ތަނަވަސްކަން ނެތް އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ރޯހިތު އާއި ރިތިކް މިވަނީ މިފަދަ އާއިލާތަކަށް ފައިސާދީފަ އެވެ.
އެކަން ފޮޓޯގްރާފަރު، ޔޮގެން ޝާހު ހިއްސާކޮށް ބުނެފައި ވަނީ މި ދަތި ވަގުތު އެ ދެތަރިންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.
އޭޝިއާ ސަރަހައްދުން އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ގައުމުގެ ގޮތުގައި މިހާރު އިންޑިއާ ފާހަގަކުރެވިފައިވާއިރު ބޮލީވުޑުގެ ތަރިން އަންނަނީ މިކަމުން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.