ads
މަރިޔަން ނިޝާ
ފިލްމީ ތަރި މަރިޔަމް ނިޝާ ރޭޑިއޯ ޕްރެޒެންޓަރަކަށް ވަނީ
ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު އެކްޓްރެސް މަރިޔަމް ނިޝާ (މަރީ) ރޭޑިއޯ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށަން ނިންމާފައިވާކަން ހާމަވެއްޖެއެވެ.
Advertisement

މިކަން ހާމަވެގެން ދިޔައީ ދިވެހި އެފްއެމް 91 އިން އިއްޔެ ދެއްކި ޓްރެއިލާ އަކުންނެވެ. 44 ސިކުންތުގެ އެ ޓްރެއިލާގައި ފެނިގެން ދިޔައީ މަރީ ޕްރެޒެންޓަރުގެ ގޮނޑީގައި އިށީނދެ، ހެޑްސެޓް އަޅައި، ޕްރޮގްރާމެއް ހުށައަޅައިދިނުމަށް ތައްޔާރުވަމުންދާ މަންޒަރެވެ. އަދި އޭނާގެ މަޝްހޫރު ލަވަ "މޫނޭ ތީ ހިތް އެދޭ" ގެ ތަންކޮޅެއް ވެސް އެ ޓްރެއިލާގައި ހިމަނާފައިވެއެވެ.

ދިވެހި އެފްއެމްއަކީ ރާއްޖޭގެ އެންމެ މަގުބޫލު އެފްއެމް ޗެނަލް ކަމަށްވާއިރު، މަރީ އެ ޗެނަލާ ގުޅޭ ކަމުގެ ހަގީގަތް އެނގޭނީ އަންނަ މަހުގެ ތިން ވަނަ ދުވަހުއެވެ. 2006 ވަނަ އަހަރު ފެށުނު މި ޗެނަލްގައި މިހާރު ވެސް ރާއްޖޭގެ އެންމެ މަގުބޫލު ހުށައެޅުންތެރީން މަސައްކަތް ކުރެއެވެ.

ސައުވީސް ގަޑިއިރު ހިދުމަތްދޭ މި ޗެނަލްގެ ގިނަ ޕްރޮގްރާމްތަކަކީ އަޑުއެހުންތެރީންނަށް ބައިވެރިވެވޭ ގޮތަށް ބައްޓަން ކޮށްފައިވާ ޕްރޮގްރާމްތަކެކެވެ. އަދި ދިވެހި ފަންނާނުންނާ ގާތް ގުޅުމެއް އޮންނަ، އެ ފަންނާނުންގެ އުފެއްދުންތަކަށް ފުރުސަތު ދޭ ޗެނަލެއްގެ ގޮތުގައި ވެސް ދިވެހި އެފްއެމް ފާހަގަކުރެވެއެވެ.

  • ޕްރޮގްރާމް ފަށާނީ ޖަނަވަރީ 3 ވަނަ ދުވަހު
60%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް