ads
ކެޓްރީނާ--
ކެޓްރީނާގެ މި ހަތް ފިލްމު ބެލިންތަ؟
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާ ވެސް އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. އާންމުކޮށް ދިވެހިންނަކީ ހިންދީ ފިލްމުތަކަށް ވަރަށް ބޮޑަށް ހިތްޖެހިފައި ތިބޭ ބައެއް ނަމަވެސް މި ސަބަބާހުރެ ސްޓާ ޕްލަސުން ވެސް މި ދުވަސްވަރު ދައްކަމުން އަންނަނީ ކުރީގެ ޑްރާމާތަކެވެ.

މިދަނޑިވަޅަކީ ކުރީގެ ފިލްމުތައް ވެސް ބަލާލުން ރަނގަޅު ދަނޑިވަޅެކެވެ. އެގޮތުން ތަފާތު އެކި ފަންނާނުންގެ ފިލްމުތައް ބަލަމުން އަންނައިރު ބަތަލާ ކެޓްރީނާ ކައިފްއަކީ ވެސް ތަފާތު އެކި ހުނަރު ދައްކުވައިދީފައިވާ ފަންނާނެކެވެ. 

އޭނާގެ ކުޅަދާނަ އެކްޓިންނަށް ފިލްމީ ދާއިރާއިން އެވޯޑްތައް ވެސް ލިބިފައި އެބަހުއްޓެވެ. 

ނަމަސްތޭ ލަންޑަން:

މިއީ 2007 ވަނަ އަހަރު ނެރުނު ފިލްމެކެވެ. އަކްޝޭ ކުމާރާއެކު ކެޓްރީނާ ފެނިގެންދާ މި ފިލްމަކީ ވެސް ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ފިލްމެކެވެ.

ޒިންދަގީ ނާ މިލޭގީ ދޮބާރާ: 

ރިތިކްއާއެކު ކެޓްރީނާ ފެނިގެންދާ މި ފިލްމަކީ 2011 ވަނަ އަހަރު ނެރުނު ފިލްމެކެވެ. ޒޯޔާ އަކްތަރު ޑައިރެކްޓްކޮށް ނެރުނު މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ވެސް ލިބުނެވެ. 

ރާޖްނީތީ:

 ޕްރަކާޝް ޖާ ޑައިރެކްޓްކުރި މި ފިލްމަކީ 2010 ވަނަ އަހަރު ނެރުނު ފިލްމެކެވެ. ކެޓްރީނާ އާއެކު ރަންބީރު ކަޕޫރު ފެނިގެންދާ މި ފިލްމުގައި އަޖޭ ދޭވްގަން އާއި އަރްޖުން ރަމްޕަލް ވެސް ފެނިގެންދެ އެވެެ.

ޖަބް ތަކް ހޭ ޖާން: 

ޝާހުރުކް ހާން އާ އެކު ކެޓްރީނާ ފެނިގެންދިޔަ މި ފިލްމަކީ ލޯބީގެ ފިލްމެކެވެ. ކެޓްރީނާ ފުރަތަމަ ފަހަރަށް ޝާހު އާ އެކު ފެނިގެންދިޔަ މި ފިލްމަކީ ޔަޝް ޗޯޕްރާ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމު ވެސް މެ އެވެ. މި ފިލްމުގެ ލަވަތަކަކީ މިއަދު ވެސް ގިނަ ބަޔަކަށް ކަމުދާ ލަވަތަކެކެވެ.

އެކް ތާ ޓައިގާ: 

ސަލްމާން ހާނާއި ކެޓްރީނާ ކެއިފް ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ވެސް ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ފިލްމެކެވެ. މި ދެ މީހުންގެ ކެމިސްޓްރީ ވަރަށް ބޮޑަށް ކަމުދިޔައިރު މި ފިލްމުގެ ލަވަތަކަކީ ވެސް ގިނަ ބަޔަކަށް ކަމުދިޔަ ލަވަތަކެކެވެ.

އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ: 

ރަންބީރު ކަޕޫރާއި ކެޓްރީނާ ލީޑުން ފެނިގެންދިޔަ މި ފިލްމަކީ 2009 ވަނަ އަހަރު ނެރުނު ފިލްމެކެވެ. މި ފިލްމުގައި ކެޓްރީނާ އާއި ރަންބީރުގެ އެކްޓިން ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު މިއީ ވެސް ވަރަށް ރީތި ގިނަ ލަވަތަކެއް ހިމެނޭ ފިލްމެކެވެ.

މޭރޭ ބްރަދާ ކީ ދުލްހަން:

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް 2011 ވަނަ އަހަރު ނެރުނު މި ފިލްމުގައި ކެޓްރީނާއާއެކު ފެންނަނީ އިމްރާން ހާނެވެ. މިއީ ވެސް ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ.

ގިނަ އަދަދެއްގެ ކާމިޔާބު ފިލްމުތަކުން ފެނިގެންގޮސްފައިވާ އުމުރުން 36 އަހަރުގެ ކެޓްރީނާ، އެންމެ ފަހުން ފެނިގެންދިޔައީ ސަލްމާން ހާނާއެކު ބާރަތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް