ފެމިލީ ކޯޓުން މިއަދު ހާމަކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި މި މުއްދަތުގައި އެންމެ ގިނަ ކައިވެންޏާއި ވަރި ކޮށްދީފައި ވަނީ 2022 ވަނަ އަހަރު އެވެ. އެ އަހަރު 2،514 ކައިވެނި ކޮށްދިން އިރު، 1،346 ވަރި ކޮށްދީފައި ވެ އެވެ.
ކޯޓުން ދިން މައުލޫމާތުގައިވާ ގޮތުން މި މުއްދަތުގައި އެންމެ މަދުން ކައިވެންޏާއި ވަރި ކޮށްދީފައި ވަނީ 2020 ވަނަ އަހަރު އެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން ކަމަށް ބެލެވެ އެވެ. އެ އަހަރު 1،995 ކައިވެނި ކޮށްދިން އިރު، 928 ވަރި ކޮށްދީފައި ވެ އެވެ.
ފެމިލީ ކޯޓުން ދިން ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2018 އިން 2023 އަށް ޖުމުލަ 13،777 ކައިވެނި ކޮށްދީފައިވާ އިރު، 7،099 ވަރި ކޮށްދީފައި ވެ އެވެ.
- 2018 އިން 2023 އަށް 13،777 ކައިވެނި ކޮށްދީފައިވޭ
- އެ މުއްދަތުގައި 7،099 ވަރި ކޮށްދީފައިވޭ
- އެންމެ ގިނަ ކައިވެންޏާއި ވަރި ކޮށްދީފައި ވަނީ 2022 ގައި
- އެންމެ މަދު ކައިވެންޏާއި ވަރި ކޮށްދީފައި ވަނީ 2020 ގައި
- 2020 ގައި ކައިވެންޏާއި ވަރި މަދުވީ ކޮވިޑް-19 އާ ގުޅިގެން