ads
ރައީސް ޑރ. މުއިއްޒު
ޒުހޫރުގެ ސިޓީއެއް ނުލިބޭ، ލިބުނު ނަމަ ފިޔަވަޅު އަޅާނަން: ރައީސް
އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރުގެ ސިޓީފުޅެއް ލިބިވަޑައިނުގަންނަވާ ކަމަށާއި، އެފަދަ ސިޓީއެއް ލިބިވަޑައިގެންނެވިނަމަ ވަގުތުން ފިޔަވަޅު އެޅުއްވީސް ކަމަށް ރަައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

މިދިޔަ މެއި މަހު އެޗްޑީސީގެ ޗެއާމަންގެ މަގާމުން ވަކިކުރި ޒުހޫރު ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ރޭ އިސްތިއުފާ ދެއްވި އިބްރާހިމް ފަޒުލް ރަޝީދުގެ ބޮޑެތި މައްސަލަތަކާއި އެޗްޑީސީގެ އެތެރޭގައި މޫލާފައިވާ ކޮރަޕްޝަންގެ ވަރަށް ގިނަ ވާހަކަތަކެއް ހިމެނޭ ގޮތަށް ރައީސް މުއިއްޒަށް މިދިޔަ ޖުލައި މަހު ހަތް ސަފުހާގެ ދިގު ސިޓީއެއް ފޮނުވާފަ އެވެ

އެޗްޑީސީއާ ގުޅިގެން ފެންމަތިވެގެން އުޅޭ މައްސަލަތަކާ ގުޅިގެން ރައީސް އޮފީސް ބޭރުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒުހޫރު ފޮނުވި ސިޓީއާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ އެ ސިޓީ އެމަނިކުފާނަށް ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ.

"ސިޓީއެއް އަޅުގަނޑަށް ލިބި އަމަލުނުކޮށް އޮތް ވާހަަކައެއް، އެ ދައްކާ ވާހަަކައަކީ ހަގީގީ ވާހަަކައެއް ނޫން ލިބިފައެއް ނެތް އެ ސިޓީއެއް، އަޅުގަނޑަަށް ކަންކަން އިނގުނު ހިސާބުން ކޮންމެ ކަމެއްގައިވެސް ހުންނާނީ ފިޔަވަޅު އަޅާފައި، މިހާރު މިހިނގާގެން އުޅޭ ކަންތަކުގައިވެސް އަޅުގަނޑަށް އެނގުނު ހިސާބުން ފުލުހުންނަށް ދަންނަވާފައި" ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮރަޕްޝަންގެ އަމަލެއް، ނޫނިއްޔާ ގަވައިދާ ހިލާފު ކުރާ ކަމެއް ހުއްޓުވުމުގައި ފަހަތަކަށް ނުޖެހޭނަން ކަމަށެވެ. އަދި މިއަދާ ހަމައަށްވެސް ހުންނާނީ އެކި ތަންތަނުގައި، އެކި މީހުން ކޮށްފައި ހުރި ކަންތައްތައް، އެކަންކަމުގެ މައުލޫމާތު ލިބުމުން އެކަމަކަށް ފިޔަވަޅު އަޅަން ކަމާބެހޭ ފާރާތްތަކަށް ދަންނަވާފައި ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދަ އާއި ނުގަވާއިދުން ހިނގާ ކަންކަމާ ދުރުވެފައި އޮތް ސަރުކާރަކަށް ހެދުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި އެ ވައުދުގެ މަތީގައި ދެމިހުންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލައާ ފުލުހުންނާއި އޭސީސީން ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ.

އެޗްޑީސީއާ ގުޅޭ މައްސަލައަކަށް ފަހު މައްސަލައެއް ފެންމަތިވާން ފެށުމުން، ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޭން އުޅުނު މައްސަލައިގައި ސަސްޕެންޝަނުގައި ހުރި ފަޒުލް ވަނީ އިއްޔެ މަގާމުން އިސްތިއުފާދެއްވާފަ އެވެ. މި މައްސަލައާ ގުޅިގެން އެޗްޑީސީގެ އިތުރު މުވައްޒަފުންތަކެއް ސަސްޕެންޑުކޮށް، 15 މުވައްޒަފަކު ވަޒީފާއިން ވެސް ވަކިކޮށްފި އެވެ.

ޒުހޫރު ފޮނުއްވި ކަމަށް ބުނާ ސިޓީ ލިބިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއިރު ހަތް ސަފްހާގެ އެ ސިޓީގައި ޒުހޫރު ވަނީ އިއްޔެގެ ނިޔަލަށް އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދު ހިންގަވަމުން ގެންދެވި ކަމަށް ބުނާ ހިޔާނާތާއި ފަސާދައިގެ އެތައް އަމަލެއް ފާހަގަކުރައްވާފަ އެވެ.

ޒުހޫރު، މިދިޔަ ޖުލައި އެއްވަނަ ދުވަހު ފޮނުއްވި ސިޓީ ސޯޝަލްމީޑިއާގައި މިހާރު އާންމުވެފައިވާތީ ބައެއް އާންމުން ބުނާ ގޮތުގައި އެޗްޑީސީގެ ތެރޭގައި ހިންގަމުން ދިޔަ ހިޔާނާތުގެ އަމަލުތައް ރައީސް އަށް އެނގިވަޑައިގަންނަވާނެ އެވެ.

މިސަރުކާރުން އެޗްޑީސީއަށް އައްޔަންކުރި ފުރަތަމަ ޗެއާމަން -- ޒުހޫރު މަގާމުން ވަކިކުރި ސަބަބެއް މިއަދާ ހަމައަށްވެސް ހާމަކޮށްފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް