ގުރައިދޫގައި ނިޔާވި ކުއްޖާ އޮޓޮޕްސީ ހެދުމަށްފަހު ވަޅުލައިފި
ގުފްތަގް އަޖީރު
22 ޑިސެމްބަރ 2024 - 23:27:22
ކ. ގުރައިދޫގައި ނިޔާވި ހަތަރު މަސް ދުވަހުގެ ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު މިއަދު ހުޅުމާލޭ ސަހަރާގައި ވަޅުލައިފި އެވެ.
ފުލުހުން ބުނީ އެ ކުއްޖާގެ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރުމާ ގުޅިގެން އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވި އެވެ. އެ ކުއްޖާ ނިޔާވީ މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު ކަމަށާއި، އޮޓޮޕްސީ ހެދުމަށް ފޮނުވީ އޭގެ ފަސް ދުވަސް ފަހުން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ގުރައިދޫ ކައުންސިލް ބުނީ ކުއްޖާ ނޭވާ ހުސްވެފައި އޮތުމުން ހެލްތު ސެންޓަރަށް ގެންދިޔައީ ދަންވަރު 12:30 ހާއިރު ކަމަށެވެ. އަދި ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ކުއްޖާ އޮތީ ނިޔާވެފައި ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.
ކުއްޖާގެ ނޭފަތުން ލޭ އައިސްފައި ހުރި ނަމަވެސް ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށް ކައުންސިލް ބުނެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
- ހަތަރު މަސް ދުވަހުގެ ކުއްޖާ ނިޔާވީ މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު
- މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރުމުން އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވި
- ކުއްޖާގެ ނޭފަތުން ލޭ އައިސްފައި ހުރި ނަމަވެސް ބޭރުފުށުން އަނިޔާގެ ނިޝާނެއް ނެތް
- ހަށިގަނޑު ވަޅުލީ ހުޅުމާލޭ ސަހަރާގައި
- ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދޭ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް