އިއްޔެ އާއި މިއަދު ގަލޮޅު ސަރަހައްދުގެ ދެ ގެއަކުން ފެނުނު ދެ މީހުންގެ ތެރެއިން އިއްޔެ ފެނުނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއަދު ފެނުނު މީހާއަކީ 45 އަހަރުގެ މީހެކެވެ.
ރިޕޯޓުތައް ބުނާގޮތުން މި ދެ މަރަކީ އެއް މައްސަލައަކާ ގުޅުން ހުރި ދެ މަރެއް ނޫނެވެ. ނަމަވެސް ދެ މަރަކީ ވެސް މަސްތުވާތަކެތި އޯވަޑޯޒްވެގެން ދިމާވި ހާދިސާތަކެކެވެ.
މި އަހަރު ކުރީކޮޅު ވެސް މިފަދަ މަރުތަކެއް ރިޕޯޓު ކުރެވުނު އިރު، އޭރު އެ މަރުތައް ދިމާވީ "ޗައިނާ ވައިޓް" ނަމަކަށް ކިޔާ މަސްތުވާތަކެތި ބޭނުންކުރުމުން ކަމަށް ފުލުހުންނާއި ހޯމް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެއީ މިވަގުތު ދުނިޔޭގެ ބާޒާރުގައި ހުރި އެންމެ ނުރައްކާތެރި މަސްތުވާތަކެތީގެ އެއް ބާވަތެވެ.
މިފަހަރު ފެނުނު ދެ މަރަކީ ވެސް މަސްތުވާތަކެތީގެ އޯވަޑޯޒުން ދިމާވި މަރުތަކެއްކަން ކަށަވަރުވި ނަމަވެސް، އެއީ ވަކި ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއްކަން އަދި ވަނީ ކަށަވަރު ނުވެ އެވެ.
- 24 ގަޑިއިރު ތެރޭ ދެ މީހަކު މަރުވެފައި އޮއްވާ ފެނުނު
- ދެ މަރު ވެސް ފެނުނީ ގަލޮޅު ސަރަހައްދުން
- މަރުވި މީހުންގެ އުމުރަކީ 35 އަހަރާއި 45 އަހަރު
- ދެ މަރަކީ ވެސް މަސްތުވާތަކެތީގެ އޯވަޑޯޒުން ދިމާވި މަރު
- މި އަހަރު ކުރީކޮޅު ވެސް "ޗައިނާ ވައިޓް" އާ ގުޅިގެން މިފަދަ މަރުތަކެއް ރިޕޯޓުކުރެވިފައިވޭ