މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ކުޅުނު އަލިފުށީ ޓީމުވަނީ ސެމީ ފައިނަލްގައި އައްޑޫ އަތުން ބަލިވެފައެވެ. ފައިނަލް މެޗުގައި ދެ ލަނޑު ސުން ލަނޑުން ބަލިވެ މުބާރާތް ނިންމާލަން ޖެހުމުން، އެކަމާ ދެރަވާ ކަމަށް ހޮކޭ ބުންޏެވެ.
އެކަމަކު ހޮކޭ ބުނި ގޮތުގައި ދިވެހި ފުޓްބޯޅައިގެ ފޯރި އަދިވެސް އޮތްކަން ސާބިތުކޮށްދެވުމަކީ ގޯލްޑްކަޕުން ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.
ހޮކޭވަނީ އަލިފުށި ކުޅުންތެރިންގެ ހިއްވަރަށް ސާބަސްދީފައެވެ. އަދި ހޮކޭ ބުނި ގޮތުގައި އެ ހިއްވަރަކީ ދެގޮތެއް ނުވެ ތިވި ސަޕޯޓަރުންގެ ލޯތްބެވެ.