ads
ގެބައި އިލެކްޝަނެއްގައި މީހަކު ވޯޓުލަނީ. ފޮޓޯ: އީސީ
5 ކައުންސިލަކާއި 28 އަންހެނުންގެ ކޮމިޓީއަށް މެންބަރުން ހޯދަން އިއުލާން ކޮށްފި
ފަސް ކައުންސިލަކާއި 28 އަންހެނުންގެ ކޮމިޓީއަށް އަލަށް މެންބަރުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާން ކޮށްފި އެވެ.
Advertisement

އިލެކްޝަންސް ކޮމިޝަނުން ބުނީ މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހެނދުނު 10:00 އިން ފެށިގެން ޖަނަވަރީ 6 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ބައި-އިލެކްޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބުރުވަރީ 8 ވަނަ ދުވަހު ކަމަށެވެ.

ކައުންސިލްތަކުގެ ތެރޭގައި ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމާއި، ހދ. މަކުނުދޫ ކައުންސިލްގެ މެންބަރުކަމާއި، ނ. ލަންދޫ ކައުންސިލްގެ އަންހެން މެންބަރުކަމާއި، ރ. ފައިނު ކައުންސިލްގެ ރައީސްކަމާއި، ފ. ބިލެތްދޫ ކައުންސިލްގެ މެންބަރުކަން ހިމެނެ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރޭގައި ހދ. ނައިވާދޫ އާއި ހދ. ހިރިމަރަދޫ އާއި ށ. ގޮއިދޫ އާއި ށ. ނޫމަރާ އާއި ށ. ނަރުދޫ އާއި ނ. މިލަދޫ އާއި ނ. ފޮއްދޫ އާއި ނ. ކުޑަފަރި އާއި ރ. ހުޅުދުއްފާރު އާއި ރ. އިންނަމާދޫ އާއި ރ. އުނގޫފާރު އާއި ބ. ހިތާދޫ އާއި ބ. ގޮއިދޫ އާއި ބ. ފެހެންދޫ އާއި ބ. ދަރަވަންދޫ އާއި ކ. ހުރާ އާއި އދ. ހަންޏާމީދޫ އާއި ވ. ފެލިދޫ އާއި މ. މުލި އާއި މ. މަޑުއްވަރީ އާއި ފ. ބިލެތްދޫ އާއި ދ. ހުޅުދެލި އާއި ލ. ގަން އާއި ތ. ބުރުނި އާއި ލ. އިސްދޫ އާއި ގއ. ގެމަނަފުށި އާއި ގއ. ކަނޑުހުޅުދޫ އާއި ގދ. ރަތަފަންދޫގެ ކޮމިޓީތައް ހިމެނެ އެވެ.

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން އޮންނާނީ ފެބުރުވަރީ 8 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓުލުން ނިމޭތާ 30 މިނެޓު ފަހުން ކަމަށާއި ރަސްމީ ނަތީޖާ އިއުލާންކުރާނީ ފެބުރުވަރީ 9 ވަނަ ދުވަހު ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

  • ކުރިމަތިލުމުގެ ފުރުސަތު ހުޅުވިފައިވަނީ ޖަނަވަރީ 6 އާ ހަމައަށް
  • ވޯޓުލުން އޮންނާނީ 2025 ފެބުރުވަރީ 8 ވަނަ ދުވަހު
  • ވޯޓުލުން އޮންނާނީ ހެނދުނު 8:00 އިން ހަވީރު 16:00 އަށް
  • ރަސްމީ ނަތީޖާ އިއުލާންކުރާނީ ފެބުރުވަރީ 9 ވަނަ ދުވަހު
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް