ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން މަތީން ވިދާޅުވީ މިއަހަރުގެ ނިމިގެން ދިޔަ 3 ކުއާޓާއަށް ބަލާ ކަމުގައި ވާނަމަ 170 މިލިއަން ރުފިޔާގެ ސޭވިންއެއް ހުރިކަމަށެވެ.
އެ ސޭވިންއަކީ ކުންފުނި ހިންގުމުގެ ހަރަދުގެ ތެރެއިން ހުރި އެއްޗެއްކަމަށް މަތީން ވިދާޅުވި އެވެ.
ރާއްޖޭގެ މާލީ ހާލަތު ހުރިގޮތުން ސަރުކާރުން ވެސް ވަނީ ބައެއް ކަހަލަ ކަންކަން ކުރައްވަން އަންގަވާފައި ކަމަށާއި އޭގެތެރެއިން ފިނޭންސް މިނިސްޓަރީ، ރައީސް އޮފީހުންވެސް މާލީ ދަތިކަމުގެ ތެރެއިން އަރައިގަތުމަށްޓަކައި ހަރަދުކުޑަކުރުމުގެ ގޮތުން އެޅުނު ހާއްސަ ފިޔަވަޅުތައްވެސް ހުރި ކަަމަށް މަތީން ވިދާޅުވި އެވެ.
ކޮންމެހެން ބާއްވަން ޖެހޭ ހަފްލާތައް ނުބޭއްވުމާ ކޮންމެެހެން ކުރަންޖެހޭ ހަރަދުތައް ނުކޮށް މަޑުކޮށްލުމާއި އެފަދަ ކަންކަމުގެ ތެރެއިން ޖުމްލަ ގޮތެއްގައި މާލީ ގޮތުން ދަތިކަމުގެ ތެރެއިން އަރައިގަންނަތަން މިހާރު ފެންނަމުންދާކަމަށް މަތީން ވިދާޅުވި އެވެ.
ސާފު ފައިދާ އިތުރުވުމުގެ ސަބަބުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ރަަނގަޅުވާނެ ކަމަށް މަތީން ވިދާޅުވި އެވެ. އެގޮތުން އެމްޑަބްލިއެސްސީގެ ހިދުމަތްތައް ރަނގަޅުކުރުމަށް ކުރަން ޖެހިފައި އޮތް މުހިއްމު މަސައްކަތްތަކާއި ފެށި ނުނިމިފައި އަދި ކުރިއަށް ނުގެންދެވިފައި ހުރިި މަސައްކަތްތައްވެސް ހުރިކަން މަތީން ވިދާޅުވި އެވެ.
ކުންފުނީގެ މާލީ ހާލަތު ރަނގަޅުވުމުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައްވެސް ރަނގަޅު ކުރެވޭނެ ކަމަށާއި ވިޔަފާރި ފުޅާކުރުމުގެ ނަތީޖާއަކަށް ވާނީ ދައުލަތުގެ ބަޖެޓަށް ބަރޯސާ ނުވެ، ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަަތްތައް ރަނގަޅު ކުރެވުން ކަން މަތީން ފާހަގަކުރެއްވި އެވެ.