
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މި މިންގަނޑުތައް އާންމުކޮށްދެއްވީ އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި މިންގަނޑުތަކުގައި ޒަކާތް ނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ އަސާސްތައް ހިމެނެ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޒަކާތު ހައުސް އުފެއްދެވި މަގުސަދު ހާސިލުވަމުން އަންނަ ކަމަށެވެ. އަދި މި އަސާސްތަކަކީ ޒަކާތު ހައުސްގެ މަގުޗާޓު ކަމަށާއި، އެއީ އެ މުއައްސަސާގެ އެންމެ މުހިންމު ޑޮކިއުމަންޓް ކަމަށް ވެސް އެ މިނިސްޓަރު ވިދާޅުވި އެވެ.
ޒަކާތު ހައުސްއިން މި އަސާސްތައް އެކުލަވައިލާފައިވަނީ ކީރިތި ގުރުއާނާއި ސުންނަތުން އައިސްފައިވާ އުސޫލުތަކަށް ބަލައިގެންނެވެ. މި އަސާސްތަކުގެ ސަބަބުން ޒަކާތް ނެރުމާއި ބެހުމުގެ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ.
- މިއީ ޒަކާތު ހައުސްގެ މަގުޗާޓު
- މިންގަނޑުތައް އެކުލަވައިލީ ގުރުއާނާއި ސުންނަތަށް ބަލައިގެން
- ޒަކާތް ނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އަސާސްތައް މީގައި ހިމެނޭ