ads
ފޭދޫ ދާއިރާގެ މަޖިިލިސް މެމްބަރު: ނިހާދު
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނިހާދު ސަސްޕެންޑްކޮށްފި
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު މަޤާމުން ސަސްޕެންޑްކޮށްފި އެވެ.
Advertisement

އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު ނިހާދު ސަސްޕެންޑް ކުރީ ވެރިކަން ކުރާ ޕީއެންސީ އިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު ނިހާދު ރޭގެ ޖަލްސާގައި ވަނީ ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން އައުން ފާހަގަކުރަން ތައްޔާރު ވަމުން އަންނަ މި ދަނޑިވަޅުގައި އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ޓެރަރިސްޓް ހަމަލައެއް ދޭން އުޅޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

ރައީސްއޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު "ސީއެންއެމް" އަށް ވިދާޅުވީ، ނިހާދު މިހާރު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ނިހާދުގެ ވާހަކައާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި އެ ވާހަކަތައް ސީރިއަސް މައްސަލައެއް ގޮތުގައި ބަލަން ވަނީ ގޮވާލާފަ އެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުންނާއި ނިހާދުގެވެސް ބަހެއް ނުލިބެ އެވެ. 

ކުރިން އެމްޑީޕީގެ އައްޑޫ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރުގެ ގޮނޑީގައި އިންނެވި ނިހާދު ޕީއެންސީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އޭނާ އައްޔަން ކުރެއްވީ މި އަހަރުގެ ޖުލައި މަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް