ads
އެމްޑީޕީ އެއްވުމުގެ ތެރެއިން
އެމްޑީޕީން ރިސޯޓުތަކަށް އަރައި މުޒާހަރާ ކުރަން އުޅޭކަމަށް ބުނާތީ ޕީއެންސީގެ ކަންބޮޑުވުން
ރިސޯޓުތަކަށް އަރައި މުޒާހަރާ ކުރަން އުޅޭކަމުގެ މައުލޫމާތު ލިބުނުކަމަށް ބުނެ ސްޓޭޓް މިނިސްޓަރަކު ދެއްކި ވާހަކައަކާއި ގުޅިގެން ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
Advertisement

ޕީއެންސީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ މާލެ އަތޮޅުގެ ރިސޯޓުތަކަށް އަރައި އެއްވުންތައް ބޭއްވުމަށް ރޭވެމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވެފައިވާކަމަށެވެ. އަދި މިފަދަ އަމަލުތަކަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއްކަމަށް ފާހަގަކޮށްފައިވެއެވެ.

ޕީއެންސީގެ ބައްދަލުވުމެއްގައި ނިހާދު ވިދަޅުވެފައިވަނީ އެމްޑީޕީން މާލެ ކައިރީ ރިސޯޓުތައް އަރައި އެއްވުން ބޭއްވުމަށް ރާވާފައިވާކަމަށެވެ. އަދި އެކަން ކުރަނީ ޔޫނިއަންތަކުގެ އެހީގައިކަަމަށްވެސް ނިހާދު ވިދާޅުވިކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އެއްވެސް ސިޔާސީ ޕާޓީއަކުން އަދި މަދަނީ ޖަމިއްޔާއަކުން، ގައުމުގެ ޓޫރިޒަމް ދާއިރާއަށް އަދި ޖުމްލަކޮށް ރާއްޖޭގެ އިގްތިސާދަށް ގެއްލުން ލިބޭފަދަ އަމަލެއް ނުހިންގާނެކަމަށް އެ ޕާޓީން ދެކޭކަމަށެވެ.

ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން ޕީއެންސީން ދީފައިވެއެވެ. 

ޓޫރިޒަމް ދާއިރާގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ރައްކާކޮށްދިނުމުގައި ދައުލަތުން އަދާކުރަންޖެހޭ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރާނެކަމުގެ އިތުބާރު އޮތްކަމަށް ވެސް ބުނެފައިވެއެވެ.

  • މާލެ އަތޮޅު ރިސޯޓުތަކަށް އަރައި އެއްވުންތައް ބޭއްވުމަށް ރޭވެމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ޕީއެންސީން ބުނޭ
  • ޓޫރިޒަމް ދާއިރާއަށް ގެއްލުންވާފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށްފަ
  • ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރާނެކަމަށް ބުނެފަ
  • ޓޫރިޒަމް ދާއިރާގެ އިންވެސްޓްމަންޓްތައް ރައްކާތެރިކުރުމަށް ދައުލަތުން މަސައްކަތްކުރާނެކަމަށް ބުނެފަ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް