ads
މޯލްޑިވިއަންގެ ޑީއެމްޑީގެ މަގާމުން ވަކިކުރި ޖެނިފާ—
ޖެނިފާގެ ވަޒީފާގެ މައްސަލައިގައި ހައިކޯޓުގެ އަމުރެއް
އައިލެންޑް އޭވިއޭޝަން ސަރވިސަސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރު އައިޝަތު ޖެނިފާ ވަޒީފާއިން ވަކިކުރި މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަދި ނޭޅުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
Advertisement

ޖެނިފާ އަލުން ވަޒީފާއާ އަށް ނެރެ، އޭނާއަށް 57،171 ރުފިޔާގެ ބަދަލު ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކޮށްފައިވާ އަމުރު، ހައިކޯޓުން ހުއްޓުވީ އެ މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން މިއަދު ނެރުނު އަމުރެއްގައެވެ. މި އަމުރުގައި ބުނެފައިވަނީ ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.

މި މައްސަލައިގައި ކުރިން ޓްރައިބިއުނަލުން ބުނީ ޖެނިފާ ވަޒީފާއިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ވާތީ، އޭނާ ވަކިކުރި ދުވަހުން ފެށިގެން މައްސަލަ ނިމުނު ދުވަހާ ހަމައަށް މުސާރައާއި އިނާޔަތްތައް ދޭން ޖެހޭނެ ކަމަށެވެ. 

އަދި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށް ވެސް އަމުރުކޮށްފައިވެ އެވެ. އެކަމަކު މި ނިންމުން އައިލެންޑް އޭވިއޭޝަނުން ހައިކޯޓަށް ހުށަހެޅީއެވެ.

ޖެނިފާ ވަޒީފާއިން ވަކިކުރީ މިދިޔަ ޖެނުއަރީ ތިނެއްގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ 2018 ވަނަ އަހަރު އެވެ. އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމީ އައިއޭއެސްގެ ބޯޑުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް