އިންޓަރ ސްކޫލް ވޮލީ މުބާރާތުގައި އަތޮޅުތަކުން ގިނަ ޓީމުތަކެއް ބައިވެރިވިއިރު، މުބާރާތުގެ ފޯރި ގަދައެވެ. މާލޭގައި ދާދި މިދާކަށް ދުވަހު ނިމުނު މުބާރާތުގެ އަންނަ އަހަރުގެ ސީރީސް އަތޮޅު ތެރެއަށް ގެންދިޔުމުގެ ވިސްނުން ގެންގުޅުއްވާކަން ވޮލީ ރައީސް ލަތީބެ ހާމަކުރެއްވީ ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުންނެވެ.
"ބައެއް ޓީމުތަކުން ފާހަގަކޮށްފައިވަނީ ޒޯން ކުޅެން ދިޔުމަށް ވުރެ ހަރަދު ކުޑައޭ މާލެގޮސް މުބާރާތް ކުޅެލަން، މިސާލަކަށް ޒޯންތަކުގެ މުބާރާތް ބަހާލާއިރު ޒޯންތަކުގައި ބައިތައް މާލޭގަވެސް ކުޅެވިގެންދާނެ" ލަތީފް ވިދާޅުވިއެވެ.
މިއަހަރުގެ އިންޓަރ ސްކޫލު ވޮލީ މުބާރާތުގައި 80 ޓީމެއް ވަނީ ވާދަކޮށްފައެވެ.