ads
ދިވެހި ސިފައިން ގެ ކަނޑުމަތީ ސްކޮޑެެއް
ސޯމާލިއާގެ 3 މީހުން ރާއްޖެ އައި ގޮތް ބެލުމަށް ތަހުގީގު ފަށައިފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކޯސްޓުގާޑުން ހިފެހެއްޓި ސޯމާލިއާގެ ތިން މީހުން ރާއްޖެ އައި ގޮތް ބެލުމަށް ފުލުހުން ތަހުގީގެއް ފަށައިފި އެވެ.
Advertisement

ފުވައްމުލަކުގެ ހުޅަނގު އުތުރުން 10 މޭލު ބޭރުން ޑިންގީއެއްގައި ދަތުރުކުރަމުން ދަނިކޮށް އެ މީހުން ހިފެހެއްޓީ އެމްއެންޑީއެފްގެ ކޯސްޓުގާޑުންނެވެ.

ބައެއް މީހުން ބުނާގޮތުން އެއީ ސޯމާލިއާ ޕައިރެޓުންކަމަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެ މީހުން ދަތުރުކުރަމުން ދިޔައީ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ "ސްކިފް" ޑިންގީއެއްގައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ތިބި އެ ތިން މީހުން މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށެވެ. އަދި އެ މީހުންނާ ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކާ މައުލޫމާތު ހިއްސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އިރުވައި މޫސުމާ ދިމާކޮށް އިންޑިއާ ކަނޑުގެ އެކި ސަރަހައްދުތަކުގައި ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ހަރަކާތްތައް އިތުރުވަމުންދާ ކަމަށް ފާހަގަކުރެވޭ އިރު، މި މީހުންނަކީ އެފަދަ ހަރަކާތެއްގައި އުޅުނު ބައެއްކަން އަދި ކަށަވަރުވެފައެއް ނުވެ އެވެ.

  • އެ މީހުން ތިބީ ސްކިފް ޑިންގީއެއްގައި
  • ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުގީގު ފަށައިފިއިވޭ
  • ކަމާބެހޭ އިދާރާތަކާ މައުލޫމާތު ހިއްސާކޮށް ފިޔަވަޅު އަޅަމުންދާނޭ
  • އިންޑިއާ ކަނޑުގައި ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ހަރަކާތްތައް އިތުރުވަމުންދޭ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް