ads
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
ކުރީގެ ނާއިބު ރައީސް ޖިހާދު މައްސަލަ އަލުން ހައިކޯޓަށް
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ދެކޮޅަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލަ އަލުން ހުށަހެޅުމުގެ ހުއްދަ ހައިކޯޓުން ދީފި އެވެ.
Advertisement

ޖިހާދުގެ މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން، އެ މައްސަލަ ބަލައި ނުގަންނަން ނިންމިކަން، ހައިކޯޓުގެ ރަޖިސްޓްރާ ޕްރޮސިކިއުޓަރ ޖެނެރަލަށް ލިޔުމުން އަންގާފަ އެވެ. 

މި މައްސަލައަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަމުގައި ހުންނަވައިގެން ކ. ފުށިދިއްގަރުފަޅުގައި ހިންގި މަޝްރޫއަކާއި ގުޅިގެން ކުރީގެ ނައިބް ރައީސް ޖިހާދުގެ މައްޗަށް އުފުލި ދައުވާ، އޭނާ އުޅުއްވާ ތަނެއް ނޭގިގެން ހައިކޯޓުން ބޭރުކޮށްލި މައްސަލަ އެވެ. ހައިކޯޓުން ބޭރުކޮށްލީ ކްރިމިނަލް ކޯޓުގެ ނިންމުމެކެވެ.

ޖިހާދަށް ޗިޓު ރައްދުކުރެވޭނެ ގޮތް ސާފުކުރުމަށް ފަހު މައްސަލަ އަލުން ހުށަހެޅޭ ގޮތަށް 15 ދުވަހުގެ ފުރުސަތެއް ޕީޖީ އޮފީހަށްދީ، ހައިކޯޓުން ބޭރުކޮށްލި މައްސަލަ އަލުން ހުށަހެޅުމުން، އެ މައްސަލަ ބޭރުކޮށްލީ، ކޯޓުން ދިން މުއްދަތުގައި ހުށަހަޅާފައި ނުވުމުންނެވެ. އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް ޕީޖީން އަލުން ހުށަހެޅުމުން ފަނޑިޔާރުންގެ މެދުގައިވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. މި މައްސަލަ އަލުން ހުށަހެޅުމުގެ ހުއްދަވަނީ ފަނޑިޔާރުންގެ ބެންޗަކުން ދީފައެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ އެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފްކުރީ ކްރިމިނަލް ކޯޓުގެ ނިންމުން ބިނާކުރި އަސާސެއް ނެތުމާއި އެކަށީގެންވާ މިންވަރަށް ސަބަބު ބަޔާން ކޮށްފައި ނެތުމުން ކަމަށެވެ. ކްރިމިނަލް ކޯޓުން މި މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅާފައި ވަނީ ޖިހާދުގެ ފަރާތްޕުޅުން ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން، ދައުވާއެއްގައި ހުންނަން ޖެހޭ އަސާސީ ކަންކަން ފުރިހަމަނުވާ ކަމަށް ބުނެ އެވެ.

ދައުލަތުންވަނީ މި މައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް