އޭދަފުށީން ގޯލްޑްކަޕް ކާމިޔާބު ކުރީ ފައިނަލްގައި މިރޭ އައްޑޫ ސިޓީ ދެ ލަނޑު ސުން ލަނޑުން ބަލިކޮށްގެނެވެ. މިރޭގެ މެޗުގައި އޭދަފުށިން ޖެހި ދެ ލަނޑު ޖެހީ، ދެބެއިން ކަމަށްވާ މުހައްމަދު ފާސިރު އަދި އަލީ ފާސިރުއެވެ.
މިރޭ ކުޅުނު މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މުބާރާތުގެ ފައިނަލާ ހަމައަށް އައްޑޫ ކުރި ދަތުރުގައި އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެ އެވެ. ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ކ. މާފުށި އަތުން އޭދަފުށި ބަލިވި އެވެ.