އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގެ މަޢުލޫމާތު ރޭ މެންދަމު 03:36 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. ނަމަވެސް ކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފަ އެވެ.
އެ ޓެކްސީގައި ބަޔަކު ރޯކޮށްލީ ކަމެއް ނުވަތަ ރޯވީ ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.