ގޯލްޑްކަޕާއެކު މުޅި ރާއްޖެ ތަމްސީލްވާ ގޮތައް ހޯމް އެންޑް އަވޭ އުސޫލުން ގައުމީ ލީގެއް ފެށުމުގެ މުހިއްމުކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް، ސައްޓުވެސް ފާހަގަކުރީ، ބިޒްނަސް މޮޑެލް އަކަށް ލީގު ސަސްޓެއިން ކުރެވޭނީ ހޯމް އެންޑް އަވޭ އުސޫލެއް އޮވެގެން ކަމަށެވެ.
ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ އަތޮޅުތަކުން އައި ޓީމުތަކާއެކު ފުޓްބޯޅައިގެ ފޯރިވަނީ ގަދަވެފައެވެ. ގޯލްޑްކަޕާއެކު މުޅި ރާއްޖެ ތަމްސީލްވާ ގޮތައް ހޯމް އެންޑް އަވޭ އުސޫލުން ގައުމީ ލީގެއް ފެށުމުގެ މުހިއްމުކަން ބޮޑު ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ގައުމީ ލީގު ޕްރައިވެޓައިޒް ކުރުމަށް ފަހު ލީގު ހިންގުމުގެ ހުރިހާ ރައިޓްސްއެއް ހިންގާ ފަރާތްތަށް ދިނުން މުހިއްމެވެ.
މިއީ އެފްއޭއެމްގެ ހިންގުމުގައި ހުރިހާ ޒޯނެއް ނުވަތަ ސަރަހައްދެއް ބައިވެރި ކުރެވޭނެ ނިޒާމެއް އުފަން ކުރުވަންވީ ވަގުތު ކަމަށް ގިނަ ބަޔަކު ދެކެއެވެ.