ads
ހަމްޕު މާޒިޔާގައި
ގޯލްޑްކަޕް ތަށި ނެގުމަށް ފަހު ހަމްޕުގެ ޝުކުރު މާޒިޔާއަށް
ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް، އެ ކްލަބަށް ކުޅޭ އޭދަފުށީގެ ހުނަރުވެރި ކުޅުންތެރިޔާ ހަމްޒާ މުހައްމަދު – ހަމްޕު ޝުކުރު އަދާކޮށްފިއެވެ.
Advertisement

މާޒިޔާއިން ކުރިން ނިންމާފައި އޮތީ އެ ކްލަބުގެ އެއްވެސް ކުޅުންތެރިއެއް ގޯލްޑް ކަޕް މުބާރާތުގައި ކުޅެން ދޫނުކުރާށެވެ. އެހެންނަމަވެސް އެ ނިންމުން ބަދަލުކޮށް ވަކި ހިސާބަކުން މާޒިޔާގެ ކުޅުންތެރިން އެ މުބާރާތް ކުޅެން ދޫކުރިއެވެ. އެ މުބާރާތަށް ދޫކުރި ކުޅުންތެރިންގެ ތެރޭގައި މާޒިޔާއަށް ކުޅޭ އޭދަފުށީ ތިން ކުޅުންތެރިން ހިމެނެއެވެ. އެއީ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި ހައިޝަން ހަސަން (ބިޑި) އެވެ.

ސޯޝަލް މީޑިއާގައި ހަމްޕު މާޒިޔާއަށް ޝުކުރު އަދާކުރިއިރު، އޭދަފުށީ ޓީމުގެ ކެޕްޓަން ސައްޓުވެސްވަނީ ގައުމީ ޓީމުގެ ކުޅުންތެރިން ޓީމާ ގުޅުމަކީ ޓީމަށް ލިބުނު އިތުރު މޯޓިވޭޝަނެއް ކަމަށެވެ. އެ ތިން ކުޅުންތެރިންވަނީ އޭދަފުށްޓަށް ތަށި ނަގައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ފައިނަލް މެޗުގައި އޭދަފުށިން ޖެހި ދެލަނޑުގެ ތެރެއިން އެއް ލަނޑަކީވެސް މާޒިޔާއަށް ކުޅޭ، ރާއްޖޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ އަލީ ފާސިރު ޖެހި ލަނޑެކެވެ. 

14%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
86%
ވަރަށް ސަލާމް
ކޮމެންޓްސް