ads
އައިބީއެމްގެ އުފެއްދުމެއް ކަމަށްވާ ތާޒާ ފެން--- ފޮޓޯ: ސަން
ކޮރަޕްޝަނަށް މަގުފަހިވާތީ އައިބީއެމްގެ އެއްބަސްވުމެއް ބާތިލުކޮށްފި
ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް ހަދާފައިވާ އެއްބަސްވުމެއް ކޮރަޕްޝަނަށް މަގުފަހިވާކަމަށް ބެލެވިގެން ބާތިލުކޮށްފިއެވެ.
Advertisement

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން ކުންފުނީގެ އިންޓަރނަލް އޮޑިޓް ޓީމުން ވަނީ ތަހުގީގެއް ކުރިއަށް ގެންގޮސްފައެވެ. އަދި އެ ތަހުގީގަށްފަހު އެއްބަސްވުން ބާތިލުކޮށް، އަލުން ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް ތަނެއް ހޯދުމަށް އައިބީއެމްއަށް އަންގާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލައިގައި ފާހަގަކުރެވިފައިވާ ގޮތުގައި އޯގަސްޓު 27 ވަނަ ދުވަހު މަހަކު 60،000 ރުފިޔާއަށް ޓެލެ މޯލްޑިވްސްއާއެކު ހަދާފައިވާ އެއްބަސްވުން، އޮކްޓޯބަރު 22 ގައި މަހަކު 200،000 ރުފިޔާއަށް ބަދަލުކޮށްފައިވެއެވެ. މިއީ 233 ޕަސަންޓުގެ އަގު ބޮޑުވުމެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ އެއްވެސް ކުންފުންޏެއްގައި ކޮރަޕްޝަނުގެ އަމަލުތަކަށް ޖާގަ ނުދެއްވާނެކަން އަންގަވާފައެވެ. އަދި މިފަދަ މައްސަލަތައް ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށް ވިދާޅުވެފައިވެއެވެ.

  • އައިބީއެމްގެ ބިދޭސީ މުވައްޒަފުންގެ ހިޔާވެހި އެއްބަސްވުން ކޮރަޕްޝަނަށް މަގުފަހިވާތީ ބާތިލުކުރި
  • އެއްބަސްވުމުގެ އަގު 60،000 ރުފިޔާއިން 200،000 ރުފިޔާއަށް ބޮޑުކުރެވުނު
  • އަގު ބޮޑުކުރެވުނީ ދެ މަސްދުވަހުގެ ތެރޭގައި
  • އެމްޑަބްލިއުއެސްސީގެ އިންޓަރނަލް އޮޑިޓް ޓީމުން މައްސަލަ ބަލައި ތަހުގީގުކުރި
  • އާ އެއްބަސްވުމެއް ހެދުމަށް އައިބީއެމްއަށް އަންގާފައިވޭ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް