ads
ރައީސް މުއިއްޒު އެއްބައިވަންތަކަމުގެ ދުވަހުގެ ސުކޫތުގައި 2023 ވަނަ އަހަރު
ސުނާމީ ކާރިސާގެ ހަނދާނުގައި މުޅި ރާއްޖޭގައި ސުކޫތެއް އޮންނާނެ
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ސުކޫތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓްރީން ބުނެފިއެވެ.
Advertisement

މި ސުކޫތު އޮންނާނީ ހެނދުނު 9:23 ގައެވެ. މިއީ 2004 ވަނަ އަހަރު ރާއްޖެއަށް ސުނާމީ އެރި ގަޑިއެވެ.

މާލޭގައި ސުކޫތު ރަސްމީކޮށް އޮންނާނީ ކުރީގެ ހުރަވީ ބިލްޑިންގ ހުރި ބިމުގައެވެ. މި ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ މިނިސްޓަރުންނާއި އިސްވެރިންނާއި އެ ސަރަހައްދުގައި ހުންނަ ސަރުކާރުގެ ހުރިހާ އޮފީހެއްގެ މުވައްޒަފުން ބައިވެރިވާނެއެވެ. އަދި ރަށްރަށުގައި ސުކޫތު އިންތިޒާމްކުރާނީ ރަށު ކައުންސިލްތަކުންނެވެ.

ސުކޫތު ނިމުމަށްފަހު މުޅި ރާއްޖޭގައި އެއްބައިވަންތަކަމުގެ އަތުގުޅާލުމެއް އޮންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެންޑީއެމްއޭއިން ސުނާމީގެ ހަނދާންތައް ދައްކުވައިދޭ ފޮޓޯ މައުރަޒެއް ހެނދުނު 11:00 ގައި ބާއްވާނެއެވެ.

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި 82 މީހަކު މަރުވެފައިވެއެވެ. އަދި އެތައް ބައެއްގެ ދިރިއުޅުން ބަދަލުވެ، ބައެއް ރަށްރަށުން މީހުން އެހެން ރަށްރަށަށް ބަދަލުކުރަން ޖެހުނެވެ. މި ކާރިސާއިން އަރައިގަތުމަށް ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ރޫހު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެމްބަރު 26 ވަނަ ދުވަހަކީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއެވެ.

  • ހެނދުނު 9:23 ގައި މުޅި ރާއްޖޭގައި ސުކޫތެއް އޮންނާނެ
  • މާލޭގައި ސުކޫތު އޮންނާނީ ކުރީގެ ހުރަވީ ބިލްޑިންގ ހުރި ބިމުގައި
  • ރަށްރަށުގައި ސުކޫތު އިންތިޒާމްކުރާނީ ރަށު ކައުންސިލްތަކުން
  • އެންޑީއެމްއޭއިން ފޮޓޯ މައުރަޒެއް ބާއްވާނެ
  • 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި 82 މީހުން މަރުވި
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް