ދިގު މުއްދަތައް ބޭނުން ކުރެވޭ އާޗާ ޕްރިޕެއިޑް ޑޭޓާ ޕްލޭންތަކުން ފެށިގެން ބޮޑެތި ބޯނަސް ޑޭޓާ ހިމެނޭހެން ތައާރަފް ކުރި މި އޮފާ ތަކަކީ އުރީދޫ ކަސްޓަމަރުންނަށް ހިގަމުންދާ ބޮޑު ޗުއްޓީ އާއި ކުރިއަށް އޮތް އަހަރަކީ އުޖާލާ އަދި އިތުރަށް ގުޅިފައިވާ އަހަރަކަށް ހެދުމަށް ތައާރަފްކުރެވުނު ހާއްސަ އޮފާތަކެއްކަން އެކުންފުނިން ފާހަގަކުރެއެވެ.
ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ގެ ބައެއް އެޑް-އޯންތަކާއި އެކު 175 ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ މިފަހަރު ލިބިގެންދާނެކަމަށް އުރީދޫއިން ބުނެއެވެ. މި ޑޭޓާ އެޑް-އޮން ތަކުގެ ތެރޭގައި އާޗާ ޕެކްތައް ، އުރީދޫ ޑޭޓާ ޕެކްތައް އަދި މަގޭ ޕްލޭންސް ހިމެނެއެވެ.
އުރީދޫއިން މިވަނީ ބޮޑު ޗުއްޓީއަށް ބޮޑު ޑޭޓާވެސް ތައާރަފްކޮށްފައެވެ. އެގޮތުން 50ޖީބީ ގެ ބޯނަސް ޑޭޓާ އާއި އެކު 150 ރުފިޔާއަށް ލިބޭ މި ޕެކާއި އެކު ކަސްޓަމަރުނަށް މިހާރު 150 ޖީބީ 5 ދުވަހަށް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.
ބޯނަސް ޑޭޓާ އޮފާ ބައްލަވައިގަނެވޭނީ 31 ޖެނުއަރީ ގެ ނިޔަލަށެވެ. އަދި މި އެޑް-އޯންތައް އުރީދޫ އެޕް މެދުވެރިކޮށް މިހާރު އެކްޓިވޭޓް ކުރެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
އޭގެއިތުރުން އުރީދޫއިން މިވަނީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ އާއްޗާ ޕްރިޕެއިޑް ޕްލޭންތައްވެސް ތައާރަފްކޮށްފައެވެ.
ދިގު މުއްދަތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާޗާ ޕްލޭނަތަކަކީ ގިނަ ގިނައިން ރީޗާޖު ކުރަން ނުޖެހޭނެހެން އެއްފަހަރު އެކްޓިވޭޓްކޮށްގެން މުޅި އަހަރަށް، 6 މަހަށް އަދި 3 މަހަށް ބޭނުންކުރެވޭ ޕްލޭންތަކެކެވެ. މި ޕްލޭންތައް މި އޮފާ އާއި ގުޅިގެން ވަނީ އިތުރު ޑާޓާއި އެކު އަޕްގްރޭޑް ކުރެވިފައިކަން އުރީދޫއިން ބުނެއެވެ. އާޗާ ގެ މި ޕްރިޕެއިޑް ޕްލޭންތައް އުރީދޫ އެޕް މެދުވެރިކޮށް މިހާރު އެކްޓިވޭޓް ކުރެވޭނެ ކަމަށް އެ ކުންފުނިން ފާހަގކުރެއެވެ.
ބޮޑު ޗުއްޓީ ދުވަސްވަރާއި ދިމާކޮށް އުރީދޫއިން ތައާރަފްކޮށްފައިވާ މި ހާއްސަ އޮފާތަކަކީ އާއިލާއާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށްލާ، ފިލްމް އަދި ސީރީޒްތައް ސްޓްރީމް ކޮށްލާ، ގޭމު ކުޅެލާ، މެދުކެނޑުމެއްނެތި ފުރިހަމަ އިންޓަނެޓް ގެ ތަޖުރިބާ އެއް ހޯދައިދީ އައު އަހަރާއި ގުޅިގެން ކަސްޓަމަރުންނަށް ފޯރު ކޮށްދިން ހަދިޔާއެއް ކަަމަށް އެކުންފުނިން ބުނެއެވެ. އުރީދޫ ވަނީ އެންމެންނަށް އުފާވެރި އަދި ބާއްޖަވެރި އާ އަހަރަކަށް އެދިފައެވެ. އިތުރު މައުލޫމާތު ހޯދުމަށް https://ore.do/2025-offers ޒިޔާރަތްކޮށްލުމަށް އުރީދޫއިން އެދެއެވެ.