ads
ޒަކާތުގެ ހައުސްގެ މުވައްޒަފުން ޒަކާތް ބެހުމުގައި
ޒަކާތު ފަންޑަށް ލިބުނު އަދަދު ރެކޯޑަކަށް
މި އަހަރުގެ މިހާތަނަށް ޒަކާތު ފަންޑަށް ލިބިފައިވާ އަދަދު ރާއްޖޭގެ ތާރީހުގައި އެންމެ މަތީ އަދަދަށް އަރައިފިއެވެ.
Advertisement

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިކަން ހާމަކުރެއްވީ މިއަދު މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި މިހާތަނަށް ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި މިނިސްޓްރީގެ އަމާޒަކީ އަހަރަކު މަދުވެގެން 100 މިލިއަން ރުފިޔާ ޒަކާތު ފަންޑަށް ޖަމާކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަކާތު ފަންޑުން މިސްކީނުންނާއި ފަގީރުންގެ ބޭސްފަރުވާއަށް އެހީތެރިވުމުގެ އިތުރުން، ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ. މިގޮތުން ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީ މެދުވެރިކޮށް 50،000 ކޭސް ފެން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ޒަކާތުގެ ހާއްސަ އިދާރާއެއް އުފެއްދުމުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

• މި އަހަރު ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ ލިބުނު

• މިއީ ރާއްޖޭގެ ތާރީހުގައި އެންމެ މަތީ އަދަދު

• އަހަރަކު 100 މިލިއަން ރުފިޔާ ހޯދުމަށް އަމާޒު ހިފާފައިވޭ

• ފަލަސްތީނަށް 50،000 ކޭސް ފެން ފޯރުކޮށްދިނުމަށް ނިންމާފައިވޭ

• ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދެމުންދިން

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް