މި ތަކެއްޗަކީ ރާއްޖެއިން ބޭރުކުރުން މަނާ ތަކެތި ކަމަށްވާތީ، މިދިޔަ އާދިއްތަ ދުވަހު ކ. ތިލަފުށީގައި ނައްތާލާފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދިން ގޮތުގައި މިއީ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން ބޭރުކުރުން މަނާ ތަކެއްޗެވެ. އަދި މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން މިފަދަ ތަކެތި ބޭރުކުރުމުގެ އިތުރުން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން ވެސް މަނާކަމެކެވެ.
މި މައްސަލައާ ގުޅިގެން އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. އަދި މިފަދަ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމަށް ކަސްޓަމްސްއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ބުނެފައިވެއެވެ.