މީގެ އިތުރުން ތައިރޮއިޑް އަދި ލޭގެ ކެންސަރުވެސް މާލޭގައި ގިނަވަމުން އަންނަކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެޗްޕީއޭ އިން މިހާތަނަށް އެއްކުރި މައުލޫމާތުތަކަށް ބަލާއިރު މާލޭ ސަރަހައްދުން 1،474 މީހުން ވަނީ ކެންސަރު ދަފުތަރުގައި ރަޖިސްޓަރީ ކޮށްފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މާލޭ ސަރަހައްދުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ ދިނުމަށް ހާއްސަ ކުރެވިފައިވާ މައި ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކެންސަރު ބަލީގެ މީހުން އެންމެ ގިނައީ މާލެ، އައްޑޫ، ހއ، ހދ، ށ އަދި ރ އަތޮޅުގައެވެ. އަދި ރާއްޖޭގައި މަރުވާ މީހުންގެ ތެރެއިން 17 ޕަސަންޓަކީ ކެންސަރު ބަލީގައި މަރުވާ މީހުންނެވެ.