ކެންސަރު ބަލީގެ މީހުންނަށް މައިގަނޑު ބޮޑެތި ފަރުވާތައް މިހާރުވެސް ދެނީ ރާއްޖެއިން ބޭރުންނެވެ. މިކަމަށް ރައްޔިތުންނާއި ސަރުކާރުން ބޮޑު ހޭދައެއް ކުރާއިރު، މިއީ ބަލިމީހާއަށް ބޮޑު ތަކުލީފެއްވެސް ލިބޭ ކަމެކެވެ.
އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި އެންމެ ގިނައިން ފާހަގަވެފައިވަނީ އުރަމަތީގެ ކެންސަރާއި ފުއްޕާމެއާއި ތައިރޮއިޑް އަދި ލޭގެ ކެންސަރުކަމަށެވެ. އަދި މިހާތަނަށް މާލެ ސަރަހައްދުން 1474 މީހަކު ކެންސަރު ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ކަމަށް އެ އެޖެންސީން ހާމަކުރިއެވެ.
ރައްޔިތުންނަށް މި ތަކުލީފުން ލުޔެއް ހޯދައިދިނުމަށްޓަކައި އެންމެ ޒަމާނީ ހިދުމަތްތަކާއެކު ފުލްފްލެޖް ކެންސަރު ހޮސްޕިޓަލެއް ރާއްޖޭގައި ތަރައްގީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.