އައްޑޫ ސިޓީ ބަލިކޮށް ގޯލްޑްކަޕް މުބާރާތް ކާމިޔާބު ކުރި އޭދަފުށީ ޓީމު ތަށި ހިފައިގެން ރަށަށް ދާނީ މާދަމާ މެންދުރު ފަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭދަފުށީ ޓީމަށް ހޫނު މަރުހަބާއެއް ކިޔުމަށް އެ ރަށުގެ ރައްޔިތުން އަންނަނީ ތައްޔާރުވަމުންނެވެ.
އައްޑޫ ސިޓީގެ މައްޗަށް ރޭ އޭދަފުށި ކުރި ހޯދީ ދެ ލަނޑު ސުން ލަނޑުންނެވެ. ރޭގެ މެޗުގައި އޭދަފުށީގެ ލަނޑުތައް ޖެހީ މުހައްމަދު ފާސިރު އަދި އަލީ ފާސިރުއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ގޯލްޑްކަޕްގެ ޗެމްޕިއަންކަން އޭދަފުށިން ހޯދިއިރު، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތް ކަމަަށްވާ ގޯލްޑަން ފުޓްސަލްގެ މި އަހަރުގެ ޗެމްޕިއަނުންނަކީވެސް ބ. އޭދަފުށްޓެވެ.