މިނިސްޓަރު މުވައްޒަފުންނަށް ފޮނުވި މެމޯގައި ވަނީ ފުލުހުންގެ ތަހުގީގާ ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ނައްތާނުލުމަށާއި، އެއްވެސް ޑޭޓާއަކަށް ބަދަލު ނުގެނައުމަށް އަންގަވާފަ އެވެ. އަދި ތަހުގީގަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރުމަށާއި، ތެދު މައުލޫމާތު ދިނުމަށް ވެސް އަންގަވާފައިވެ އެވެ.
މި މައްސަލައިގައި މިހާތަނަށް އެ މިނިސްޓްރީގެ 9 މުވައްޒަފަކު ވަނީ ސަސްޕެންޑް ކުރެވިފަ އެވެ. އޭގެ ތެރޭގައި ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނެ އެވެ.
ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގައި މިހާތަނަށް ތިން ގޯއްޗެއް ނުހައްގުން ދޫކޮށްފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ. މި މައްސަލަ ތަހުގީގު ކުރަމުންދަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އެންގެވުމަކަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނެވެ.