ads
އެމްއެމްޕީއާރުސީ އެމްޑީ ޝިއުރީ ފޮޓޯ: ޕީއެސްއެމް
އަންނަ އަހަރު ޓޫރިޒަމް އިތުރަށް ފުޅާކޮށް އާ ސެގެމްންޓްތައް އިތުރުކުރަނީ
އަންނަ އަހަރަށް ޓޫރިޒަމް އިތުރަށް ފުޅާކޮށް އާ ސެގްމެންޓްތައް އިތުރުކުރަން ރާވާފައިވާކަން މޯލްޑީވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ.
Advertisement

ޝިއުރީ މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި، ފުރަތަމަ ފަހަރަށް އަހަރެއްގެ ތެރޭގައި ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރުމާ ގުޅިގެން އެކަމަށްޓަކައި މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްް (ވީއައިއޭ) ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް ގައެވެ. 

ޝިއުރީ ވިދާޅުވީ  ރާއްޖެއަކީ ހަމައެކަނި ގުދުރަތީ މަންޒަރު "ސަން ސޭންޑް ސީ" ހަނީމޫން އަދި ޑައިވިން ޑެސްޓިނޭޝަންތައް އެކަނި ހުންތަނެެއްނޫންކަމަށާއި އާ ސެގެމްނެންޓް ތަކެއް އިތުރު ކޮށް، ސިންދަފާތުކުރަން ކުރަން ވިސްނުން ބަދަލުކުރަން ޖެހޭކަަމަށެވެ.

"އަޅުގަނޑުމެން ފާހަގކުރިން އާ ސެގްމެންޓްތަކުގެ ތެރޭގައި ސްޕޯޓްސް ޓޫރިޒަމް ، އެޑިއުކޭޝަން ޓޫރިޒަމް، ހެލްތް ޓޫރިޒަމް އެކަހަލަ ބައިވަރު ސެގެމެންޓްތަކެއް އިތުރު ކުރަންޖެހޭ އެހެންވީމާ އަޅުގަނޑުމެން މިއަންނަ އަހަރު އޮތް ޕްލޭންތަކަށް ބަލާ ކަމަށްވަޏާމުން އެ އޭރިއާ ތައް އިންޓްރޮޑިއުސްކޮށް އެ އޭރިއާތަކުގައި އަޅުގަނޑުމެންގެ މާކެޓް އިތުރަށް ފުޅާކުރަން މިހާރު ރާވާފައި ވަނީ" އެމްއެމްޕީއާރުސީގެ އެމްޑީ ޝިއުރީ ވިދާޅުވިއެވެ.

މި މަސައްކަތަކީ އެންމެން ގުޅިގެން ކުރާމަސައްކަތެއް ކަަމަށާއި އެއީ އެމްއެމްޕީއާރުސީން އެކަނި  ކުރާ މަސައްކަތެއް ނޫން ކަމަށް ޝިއުރީ ފާހަގކުރެއްވިއެވެ. 

"މިނިސްޓްރީ އޮފް ޓޫރިޒަމްގެ ވަރަށް ބޮޑު ސަޕޯޓެއް އޭގެއިތުރުން އަޅުގަނޑުމެންނާއެއްކޮށް އެކި އެކި އެންޖީއޯތައް އެބަހުރި ، މަޓީ ، މަޓާޓޯ ، ގެސްޓްހައުސް އެސޯސީއޭޝަން މިހެން ގޮސް އެންމެން ގުޅިގެން މަސައްކަތްކޮށްފިއްޔާމުން 15 ޕާސްޓް އިތުރުކުރަން އަންނަ އަހަރަށް މި ބަލަނީ" ޝިއުރީ ވިދާޅުވިއެވެ.

އެހެންކަމުން އަންނަ އަހަރުގެ މާކެޓިން ހަރަކާތްތަކާއި ޕްލޭންތައް މިހާރު ވަނީ  ތައްޔާރުކުރެވިފައި ކަމަށާއި މިވަގުތު ކޯޕޮރޭޝަނުން ދަނީ ފައިނަލް ސްތޭޖްގައި މަސައްކަތް ކުރަމުން ކަމަށްވެސް ޝިއުރީ ފާހަގަކުރެއްވިއެވެ.

"އުއްމީދަކީ އަނެއްކާވެސް މި ޓީމެއްގޮތުގައި އެންމެންވެސް މަސައްކަތްކޮށްގެން އަންނަ އަހަރު ، މިއަަހަރު ކުރި މަސައްކަތަށް ވުރެ ތަފާތު ތަންކޮޅެއް ޔުނީކް ގޮތަކަށް އަންނަ އަހަަރުގެ ޕްރޮމޯޝަނަަލް އެކްޓިވިޓީސް ކުރިއަށް ގެންދާނީ" ޝިއުރީ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ޝަރުވެރިކޮށް ދެއްވި އެ ރަސްމިއްޔާތުގައި ދެ މިލިއަން ވަނަ ޓޫރިސްޓްގެ މަގާމު ލިބުނީ އޮސްޓްރިއާގެ އަންހެނަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް