ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ މި މައުރަޒުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނައިބު ވިދާޅުވީ، ސަލާމަތީ ބާރުތަކާއި، ދަރުމަވެރިންނާއި، އާންމު ރައްޔިތުން، އެކަކު އަނެކަކަށް ދެއްކި ހިތްވަރާއި ގުރުބާނީގެ އަގު ވަޒަންކުރަން ޖެހޭ ކަމަށެވެ. އަދި މި ކާރިސާއިން އަރައިގަނެވުނީ މާތްﷲ މި ގައުމަށް މިންވަރުކުރެއްވި އިސްލާމީ ހިދާޔަތުގެ ނޫރުގެ ސަބަބުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ނައިބު ވަނީ "މޯލްޑިވްސް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024-2030" ގެ ފޮތް އިފްތިތާހުކުރައްވާފައެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހުގެ ހާއްސަ ލަވައެއް ބައްލަވާލެއްވުމަށްފަހު "ފަނޑުވުމެއް ނެތް ހަނދާންތައް" ސެގްމެންޓްގައި ސުނާމީއާ ގުޅޭ ހާއްސަ މެސެޖެއް ލިޔުއްވިއެވެ.